logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024

ދެ ބައި އިލެކްޝަން ވެސް ކާމިޔާބު ކުރީ ޕީޕީއެމް

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ދެ ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.

މިއަދު ބޭއްވީ ނ. މަގޫދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް އަންހެން މެމްބަރަކު ހޮވުމުގެ އިންތިހާބާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބޭއްވި އިންތިހާބެވެ. މި ދެ އިންތިހާބުގައިވެސް ވާދަކުރީ ޕީޕީއެމް އާއި އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

މަގޫދޫ ކައުންސިލް އިންތިހާބުގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް ޔުމްނާ ކާމިޔާބުކުރީ 124 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ފަރީދާއަށް ލިބުނީ 115 ވޯޓެވެ. ޔުމްނާ މި ގޮނޑި ކާމިޔާބު ކުރީ ނުވަ ވޯޓުގެ ތަފާތަކުންނެވެ.

ކަލައިދޫ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ސަފިއްޔާއަށް ލިބުނީ 197 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ޚުވައިލަތަށް ލިބިފައިވަނީ 192 ވޯޓެވެ. ސަފިއްޔާ މި ގޮނޑި ކާމިޔާބު ކުރީ ފަސް ވޯޓުގެ ތަފާތަކުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *