ކުޅުދުުފުށި ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގަފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ޓެކްސީއަކާއި އެމްޓީސީސީ ޓުރަކެއް ޖެހިގެންނެވެ. މިއެކްސިޑެންޓުގައި އެކަކަށް ވެސް އަނިޔާ އެއް ނުވެއެވެ. އެކްސިޑެންޓް ހިނގި އިރު ޓެކްސީގައި އިނީ ޑްރައިވަރު އެކަންޏެވެ. މިހާދިސާގައި ޓެކްސީ އަށާއި އެމްޓީސީސީ ޓުރަކަށްވެސް އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.
ފުލުހުން މިހާރު ދަނީ މި އެކްސިޑެންޓު ތަޙްޤީޤު ކުރަމުންނެވެ.