logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބަހުސް ފަށައިފި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓަށް، ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ފަށައިފި އެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ 42 ބިލިޔަން ރުފިޔާގެ ބަޖެޓާ މެދު އަވަހަށް ގޮތެއް ނިންމުމަށް ޓަކައި މަޖިލީހުގެ ޖަލްސާތައް މިއަދާއި މާދަމާ ވަރަށް ދިގުކޮށް ކުރިއަށް ގެންދަން މަޖިލީހުން ވަނީ ނިންމައިފަ އެވެ. މިއަދުގެ ޖަލްސާ ފެށުމަށް ފަހު އެންމެ ފުރަތަމަ ގޮތެއް ނިންމީ ޖަލްސާ ކުރިއަށް ގެންދާނެ ގޮތަކާ މެދުގަ އެވެ. މަޖިލީހުގެ ރިޔާސަތުން ނައިބު ރައީސް، އީވާ އަބްދުﷲ ހުށަހެޅުއްވީ ވާހަކަދައްކަވަން އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުން ވާހަކަ ދައްކަވައި ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށެވެ.

ހުސްވަގުތު ވެސް ދެމުން މިއަދުގެ ޖަލްސާ ކުރިއަށް ގެންދާނީ މިރޭގެ 10:00 އާ ހަމައަށް ކަމަށް ކަނޑައަޅަން ވެސް އޭނާ ހުށަހެޅުއްވި އެވެ. އެގޮތަށް ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުންނެވެ.

 

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *