logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024
މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރަނީ/ ފޮޓޯ: ޕޮލިސް

ސައްހަ ނޫން ސުލިޕްތަކެއް ބޭނުންކޮށްގެން ވިޔަފާރިކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފި

ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ޅ.ހިންނަވަރު ފިހާރައަކުން މަކަރާއި ހީލަތުން ވިޔަފާރިކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެކިދުވަސް މަތިން އެ ފިހާރައިން މުދާ ގަނެ، ސައްހަ ނޫން ސްލިޕް ފޮނުވި މައްސަލަ އާއި ގުޅިގެން މި މަހު އެއް ވަނަ ދުވަހު ކޯޓު އަމުރުއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ސައްހަ ނޫން ސުލިޕް ފޮނުވައިގެން 170000 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި އެކި ދުވަސްތަށް މަތިން އޭނާ ވަނީ އެ ފިހާރައިން ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. ހައްޔަރުކުރި މީހާ އަކީ މަކަރާ ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ޝާމިލުވެ ފުޅާދާއިރާއެއްްގައި މިކަން ކުރަމުންދާ މީހެއްކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *