logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީީ. އޭނާ ވިދާޅުވީ ސަބްސިޑީ ދިނުމުގެ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް.

ސަބްސިޑީ އެންމެނަށް ދިނުން ރަނގަޅެއް ނޫން: މީކާއީލް

ދައުލަތުގެ ހެލްތު އިންޝުއަރެންސް ނިޒާމު "އާސަންދަ" އާއި ދައުލަތުން ދޭ އެހެން ގިނަ ސަބްސިޑީތައް، ވަކި ބަޔަކު ތަފާތުނުކޮށް، ހުރިހާ އެންމެނަށް އެއް ހަމައަކުން ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި މީކާއީލް ވިދާޅުވީ ސަބްސިޑީ ދިނުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ބޭނުން ނަަމަ "ޓާގެޓެޑް ސަބްސިޑީ" ދޭ ގޮތަށް އުސޫލު ބަދަލުކުރަން ޖެހޭ ކަަމަށެވެ. ސަބްސިޑީތައް ހަގީގަތުގައި އެންމެ ހައްގު މީހުންނަށް ފޯރުކޮށްދެވޭނީ އޭރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[އަޅުގަނޑު ހިތަށް އަރަނީ] ކޮންމެ ދިވެހި ރައްޔިތަކަށް އެ އާސަންދަ އެއް ހަމައެއްގައި ލިބުން އެއީ އެންމެ އާދައިގެ ދިވެހި ރައްޔިތު މީހާއަށް އެންމެ އިންސާފުވެރިގޮތް ތޯއޭ؟ ހަނޑޫ ހަކުރު ފުށަށް ދެވޭ ސަބްސިޑީ މަހުޖަނުންގެ ގެތަކުގައި ތިބޭ ސްޓާފުންނަށް ވެސް ލިބުން އެއީ ހަމަ އިންސާފުވެރިގޮތް ތޯއޭ؟ އެއް ހަމައެއްގައި ބްލޭންކެޓް ސަބްސިޑީސް ތަކުރާރުކޮށް ، ތަކުރާރުކޮށް މި ދައުލަތުން ދެމުން ދިއުން އެއީ ދެމެެހެއްޓެވި ސިފައެއް މި ދައުލަތުގައި ޖެއްސޭނެ ގޮތެއް ބާއޭ،" މީކާއީލް ވިދާޅުވި އެވެ.

އެެއީ ރަނގަޅުގޮތެއް ކަމަށް ގަބޫލުނުކުރެެއްވޭ ކަމަށާއި ރާއްޖެއަކީ މިހާރު ވެސް "ހެވިލީ ސަބްސިޑައިޒްޑް ގައުމަކަށް" ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދައުލަތުން ސަބްސިޑީ ދެމުން އަންނަނީ ނުކުޅަދާނަވާ ވަަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 42 ބިލިޔަން ރުފިޔާގެ ބަޖެޓަށް ތާއީދުކުރައްވާ ކަމަށާއި އެ ބަޖެޓުން އުއްމީދެއް ލިބިއްޖެ ކަމަށް ވެސް މީކާއީލް ވިދާޅުވި އެެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *