logo minivan

English

ހޮނިހިރު, 27 ޖުލައި 2024
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާމަނިކު އެެޕާޓީއަށް އަލުން ސޮއިކުރައްވައި، ފޯމް ހަވާލުކުރައްވަނީ.

ރީކޯ މޫސަ އެނބުރި އެމްޑީޕީއަށް!

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު އެޕާޓީއާ އަލުން ގުޅިވަޑައިގެންފި އެވެ.

މޫސަށް އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ އޭނާ އެނބުރި އެޕާޓީއަށް  ވަޑައިގަންނަވަން އުޅޭކަަމަށް އަޑުފެތުރޭތާ ގިނަ ދުވަސްތަކެއް ވީފަހުންނެވެ. އެމްޑީޕީގެ ލީޑަޝިޕާ މޫސައާ ދެމެދު އަލުން ގުޅުން ރަނގަޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ފަހުންނެވެ. މޫސަ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ހާމަކުރަން އެޕާޓީން ޓްވީޓްކުރި ފޮޓޯއިން ފެންނަ ގޮތުގައި، އޭނާ އަލުން ޕާޓީއަށް ސޮއިކުރެއްވީ އެމްޑީޕީގެ އިސް ގިނަ ބޭފުޅުންތަކެެއް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެ ރަސްމިއްޔާތުގައި ބައިވެެރިވެވަޑައިގެންނެވި އެވެ.

މޫސާ މަނިކު އެމްޑީޕީން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރުގެ ގޮތުގައި، ހުންނެވި އިރު، އެމްޑީޕީން ނެރުނު ވިޕްލައިނަކާ ހިލާފުވެވަޑައިގެންނެވުމުންނެވެ. އެމްޑީޕީން އޭނާ ވަކިކުރީ 2015 ވަނަ އަހަރު އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *