logo minivan

English

ބުދަ, 24 އޭޕްރިލް 2024

ފުޓްބޯޅައިގެ އީދަށް މުޅި ގަތަރު ފައްކާވެފައި

މިއަދުން ފެށިގެން އަންނަ ޑިސެމްބަރުމަހުގެ 18 ދުވަހުގެ ނިޔަމަށް ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ފުޓްބޯޅައިގެ އެންމެ ބޮޑު އީދެވެ. މުބާރާތުގެ ވާދަކުރާ ޓީމްތަކުގެ އިތުރުން ދުނިޔޭގެ ހުރިހާ ޤައުމަކުން މި މުބާރާތުގެ ފޯރި ނަގައެވެ. ޤައުމުތަކުން ވޯލްޑްކަޕް ސިފަކުރަނީ ފުޓްބޯޅައިގެ އީދެއްގެ ގޮތުގައެވެ. މި މުބާރާތުގައި ޖުމްލަ 64 މެޗް ކުޅޭނެއެވެ. މުބާރާތް ހުޅުވާނީ ގުރޫޕް A ގައި ހިމެނޭ ޤަތަރާއި އިކުއަޑޯ ބައްދަލުކުރާ މެޗުންނެވެ. މުބާރާތް ހުޅުވާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ، ވެރިރަށް ދޯހާގެ 35 ކިލޯ މީޓަރ އުތުރުން އޮންނަ ކިހޯރު ސިޓީގެ އަލް ބައިތު ސްޓޭޑިއަމްގައެވެ.

މި މުބާރާތަކީ ވޯލްޑްކަޕްގެ ތާރީހުގައި އެންމެ ބޮޑު ހަރަދެއް ކޮއްގެން ބާާއްވާ މުބާރާތެވެ. މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާއިރު މުޅި ގަތަރު ވަނީ ފުރިފައެވެ. މުޅި ޤައުމު ވަނީ މިކަމަށް ފައްކާވެފައެވެ. މި މުބާރާތަށް ޤަތަރުން މުޅިން އާ 7 ސްޓޭޑިއަމެއް ބިނާ ކޮށްފައިވާއިރު، މުބާރާތް ކުޅޭ 8 ވަނަ ސްޓޭޑިއަމްއަކީ މަރާމާތު ކޮށްގެން ބޭނުންކުރާ ސްޓޭޑިއަމްއެކެވެ. މެޗްތައް ކުޅޭ ސަރަހައްދުގައި 29.8 ބިލިއަން ޑޮލަރު ޚަރަދު ކޮށްގެން ވަނީ ސަބްވޭ ސިސްޓަމެއް ބިނާ ކޮށްފައެވެ. ގަތަރުން ވަނީ 300 ބިލިއަން ޑޮލަރު މިމުބާރާތައް ޚަރަދު ކޮށްފައެވެ.

މި މުބާރާތައް 1 މިލިއަން މީހުން އެގައުމަށް ޒިޔާރަތް ކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ގައުމުތަކުން ޤަތަރަށް ޒިޔާރަތްކުރާ މީހުން އުފުލުމަށްޓަކައި މެދުއިރުމަތީގެ ބޮޑެތި ސިޓީތަކުން ކޮންމެ ދުވަހަކުވެސް 100 އަށްވުރެ ގިނަ ފްލައިޓް ދަތުރުތަށް ޤަތަރަށް ކުރަމުންދާނެއެވެ.

މި މުބާރާތަށް ގަތަރުން ގެންގުޅޭ ސިޔާސަތުތަކަށް އަރަބި ދުނިޔެއިން ދަނީ ތައުރީފް ކުރަމުންނެވެ. އަދި ފީފާއިންވެސް މިކަމަށް ދަނީ ސަޕޯޓް ދެމުންނެވެ. މިގޮތުން އިސްލާމްދީނާއި އެޤައުމުގެ ސަގާފަތާ އާދަކާދަތަކާ ހިލާފު ކަންކަން މި މުބާރާތައްޓަކައި ހުއްދަ ނުކުރެވޭނެކަމަށް އެޤައުމުން ވަނީ ބުނެފައެވެ. މިގޮތުން މި މުބާރާތުގެ މެޗްތައް ކުޅޭ ސްޓޭޑިއަމްތަކުގައި ރާވިއްކުމާއި ރާ ބުއިމުގެ ހުއްދަ ނޯންނާނެކަމަށްވެސް އެޤައުމުން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ހުޅަނގުގެ ޤައުމުތަކގެ ފާޑުކިޔުން ވަނީ ގަތަރަށް އަމާޒުވެފައެވެ.

"ގަތަރަށް ކިޔާ ފާޑުކިޔުންތަކަކީ ބަލައިގަނެވޭނެ ފާޑުކިޔުންތަކެއް ނޫން. 12 އަހަރު ކުރިން ނިންމާފައި އޮތް ނިންމުމަކަށް މިއަދު ކިޔާ ފާޑު ބަލައެއް ނުގަނެވޭ. ގަތަރު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. ގަތަރުގެ ވޯލްޑް ކަޕަކީ އެންމެ ފުރިހަމަ ވޯލްޑް ކަޕަށްވާނެ،" ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *