logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

ނިބާލް ފުރަތަމަ ފަހަރަށް ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

48 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަން އަހުމަދު ނިބާލް ހޯދީ ފައިނަލްގައި ޒަޔާން ޒަކީ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އޮލިމްޕިކް ކޮމިޓީގެ ސްކޮލާރޝިޕް ޕްރޮގްރާމެއްގައި ތަމްރީން ހޯދަމުންދާ ނިބާލް ފައިނަލް މެޗު ކާމިޔާބުކުރީ ކުރީގެ ޗެމްޕިއަން ސޯޅަ އެކާވީސް، ސާދަ އެކާވީހުން ބަލިކޮށްގެންނެވެ.

މިއީ މިމުބާރާތުގެ ޗެމްޕިއަންކަން ނިބާލް ހޯދި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ނިބާލް ވަނީ މީގެކުރިން ތިން ފަހަރު ފައިނަލްގައި ވާދަކޮށް ދެވަނައިގައި ނިންމާލަން ޖެހިފައިއެވެ.

ފިރިހެން ޑިވިޝަންގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޒަޔާން އާއި ތޯއިފްގެ ޕެއަރ އެވެ. އެއީ ފައިނަލްގައި ނިބާލް އާއި އަޖްފާން ބަލިކޮށްގެންނެވެ.

ކުޅުންތެރިން

ޤައުމީ މުބާރާތުގެ އަންހެން ޑިވިޝަންގައި މިފަހަރުވެސް ރަސްކަން ކުރަމުންދަނީ ނަބާ އާއި ނަބީއެވެ. ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް ނަބާހާ ހޯދީ ފައިނަލް މެޗުގައި ނަބީހާ ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ.

ނަބާ ވަނީ ސިންގަލްސްގެ އިތުރުން ނަބީ އާއެކު ޑަބަލްސް ޗެމްޕިއަން ކަމާއި ޒަޔާން އާއިއެކު މިކްޑަބަލްސް ވެސް ކާމިޔާބުކޮށް މި ތިން އިވެންޓުގެވެސް ޗެމްޕިއަންކަން ޖެހި ޖެހިގެން ތިންވަނަ ފަހަރަށް ހޯދާ ދިވެހި ކުޅިވަރުގެ އާ ރެކޯޑެއް ޖާއިމްކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *