logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ގެވެށިއަނިޔާއިން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދޭން ތ. ގުރައިދޫގައި ބޭއްވި ސެޝަނުގައި ފުލުހަކު ވާހަކަދައްކަވަނީ.

ގެވެށި އަނިޔާއިން ރައްކާތެރިވުމާ ބެހޭ ސެޝަނެއް ތ. ގުރައިދޫގައި ބާއްވައިފި

މިންތިއާ ގުޅުވައިގެން ހިންގާ ހަމަނުޖެހުން (ޖެންޑާ ބޭސްޑް ވަޔަލެންސް) އަދި ގެވެށި އަނިޔާއިން ރައްކާތެރި ވާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަނެއް ތ. ގުރައިދޫގައި ފުލުހުން  ބާއްވައިފިއެވެ.
ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނާއި އެރަށު ކައުންސިލް ގުޅިގެން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެސެޝަނުގައި ދިން އެއް މައުލޫމާތަކީ ޖިންސީ ތަފާތު ކުރުންތައް ކޮށްފާނެ ގޮތްތަކާއި އެކަމުގެ ސަބަބުން އާއިލާއަށް ކުރާނެ ނޭދެވޭ އަސަރުތަކާ ބެހޭ މައުލޫމާތެވެ. ގެވެށި ގުޅުމަކީ ކޮބައިކަމާއި ގެވެށި އަނިޔާގެ އަމަލުތަކަކީ ކޮބައިކަން އަދި އަނިޔާ ކުރުމަށް މަގުފަހިވެދާނެ ސަބަބުތައް ވެސް ސެޝަނުގެ ބައިވެރިންނަށް ފުލުހުން ކިޔައިދިނެވެ. ރާއްޖޭގައި އެ ކުށްކުރާ މީހުންގެ އަމަލުތައް ހުންނަ  ގޮތުގެ މައުލޫމާތު ވެސް ސެޝަނުގެ ބައިވެރިންނަށް ފުލުހުން ދިނެވެ.

އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނާއި ކުޑަކުދިންނަށް ކުރާނެ ނޭދެވޭ އަސަރު ތަކާއި އެކަންކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާނޭ ގޮތްތައް ވެސް ފުލުހުން ކިޔައިދިނެވެ. އެފަދަ އަމަލުތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ފަރާތްތަކުގެ މައުލޫމާތުވެސް ދިނެވެ. ގެވެށި އަނިޔާގެ އަމަލެއް ހިންގައިފިނަމަ އެކަން ރިޕޯޓު ކުރެވޭނެ ވުޒާރާތަކުގެ މައުލޫމާތު ވެސް ސެޝަނުގެ ބައިވެރިންނަށް ފުލުހުން ދިނެވެ.

ރައްކާތެރި ވުމުގެ އަމުރަކީ ކޮބައިކަމާ، ރައްކާތެރިވުމުގެ އަމުރަށް އެދެވޭނެ ގޮތްތައް ކިޔައިދިނެވެ.
އެ ސެޝަނުގައި ގުރައިދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒިފުންނާއި އާންމު ރައްޔިތުން ހިމެނޭހެން 137 މީހުން ބައިވެރިވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *