logo minivan

English

ހޮނިހިރު, 27 ޖުލައި 2024
މާފުށި ޖަލުގެ މަންޒަރެއް. ފޮޓޯ ކަރެކްޝަނަލް ސާވިސްގެ ވީޑިއޯއަކުން ނަގާފައި

ޖަލަށް މަސްތުވާތަކެތި ވައްދާކަމުގެ ތުހުމަތަށް ޖަލު އޮފިސަރަކު ހައްޔަރުކޮށްފި

ޖަލަށް މަސްތުވާތަކެތި ވައްދާ ކަމަށް ތުހުމަތު ކުރެވިގެން ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު މިއަދު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރު ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކުގައި ކަމަށެވެ. އޭނާ އަތުލައިގަތީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމިޝަނާ ވިދާޅުވި ގޮތުގައި ޖަލަށް މަސްތުވާތަކެތި ވައްދާ ކަމުގެ ތުހުމަތަށް ހައްޔަރު ކުރި އޮފިސަރު މިހާރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޮފިސަރު މަސްތުވާތަކެތި ވައްދަން އުޅުނީ ކޮން ޖަލަކަށް ކަމެއްް އަދި ނޭނގެ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރާއިރު، ހައްޔަރުކުރީ ކާކުކަމެއް، އަދި އޭނާގެ މައްޗަށް ތުހުމަތުކުރާ ކުށެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ޖަލުތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ވާހަަކަ އަބަދުހެން އަޑު އިވެ އެވެ. އެހެން ނަމަވެސް ޖަލު ބަަލަހައްޓާ އޮފިސަރަކު މިގޮތަށް އަތުލައިގަނެވުނު މިއީ ފުރަތަމަ ފަހަރެވެ. ޖަލަށް ފޯނާއި އެހެން ބައެއް ތަކެތި ވައްދަން އުޅުނު ބައެއް އޮފިސަރުން މީގެ ކުރިން ވެސް ފަޅާ އަރާފައި ވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *