logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024
ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބް

އައްނަބީލާ ހަބީބާ ހުސައިން ހަބީބް އަވަހާރަވެއްޖެ

ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި، ނިޝާން ދިޔަމިގިލީ ޢިއްޒަތުގެ ވެރިޔާ ހަބީބާ ހުސައިން ހަބީބް މިއަދު އަވަހާރަވެޖެއެވެ.

އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވީފަހުން ހަބީބާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށެވެ. އަވަހާރަ ވީއިރު އޭނާގެ އުމުރުފުޅަކީ 92 އަހަރެވެ.
ޙަބީބާއަކީ ދައުލަތަށް 49 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. އޭގެތެރޭގައި ލިޔުންތެރިކަމާއި، ތާރީހަށް ކުރެއްވި ހިދުމަތްތައް ފާހަގަކޮށްލެވެ އެވެ. ޓީޗަރެއްގެ ގޮތުގައި ވެސް އޭނާ ހިދުމަތްކުރެއްވި އެވެ.

ސަރުކާރުގެ ހިދުމަތުގައި ހަބީބާ އެންމެ ގިނަދުވަހު ކުރެއްވީ ގައުމީ ކުތުބުހާނާގައެވެ. އެތަނުގައި 29 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ޙިދުމަތް ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރެއްވި މެންބަރުކަން ވެސް އޭނާ އަދާކުރައްވާފައެވެ.

ހަބީބާ އަކީ ރާއްޖޭގެ ރަސްކަން ދެ ފަހަރެއްގެ މަތިން 32 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި އައް ސުލްތާން މުޙައްމަދު ޝަމްސުއްދީންގެ ކާފަދަރިކަނބަލެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *