logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ހާޒިރީ ވަރަށް ދަށް.

މަޖިލީހުގެ ހާޒިރީ ދަށް، ބަޖެޓް ރިޕޯޓަށް ބަހުސްކުރާނެ މެމްބަރަކު ނެތް

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާއާއި މިއަދު ކުރިއަށްދާ ޖަލްސާއަށް ވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުކަމުން، ބަޖެޓް ރިޕޯޓަށް ބަހުސްކުރާނެ މެމްބަރުން ނެތި، އެ ރިޕޯޓްގެ ބަހުސް މަޑުޖައްސައިލަން ޖެހިއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް  އެކުލަަވައިލި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ އިއްޔެ އެވެ. އެ ރިޕޯޓަށް އިއްޔެ ބައެއް މަދު މެމްބަރުން ބަހުސް ކުރެއްވި ނަމަވެސް އިއްޔެގެ ޖަލްސާ އިއްޔެ މެންދުރު 12:00 ހާއިރު ނިންމައިލަން ޖެހުނީ ބަހުސްކުރައްވާނެ އިތުރު މެމްބަރުން ނުވެގެންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އެ ރިޕޯޓަށް ބަހުސްކުރަން ހުޅުވައިލި ފުރުސަތުގެ ބޭނުން ކުރެއްވީ މަދު މެމްބަރުން ކޮޅެކެވެ. ބަޖެޓް ރިޕޯޓަށް ބަަހުސްކުރެއްވުމަށް ޓަކައި މަޖިލީހުގެ ކޮންމެ މެމްބަރަކަށް ހަތް މިނެޓްގެ ވަގުތު ދޭން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ނިންމަވައިފަ އެވެ. އެ ފުރުސަތަށް އެދިވަޑައިގެންނެވުމަށް މެމްބަރުންނަަށް ދެއްވި މުހުލަތު ހަމަވާނީ މިއަދު މެންދުރުފަހު 2:00 ގަ އެވެ.

ބަޖެޓް ރިޕޯޓަށް ބަހުސްކުރަން މަދު މެމްބަރުން އެދިވަޑައިގެންނެވި އިރު، މި ދެދުވަހު މަޖިލީހުގެ ޖަލްސާތަކުގެ ހާޒިރީ ވެސް ވަރަށް ދަށެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާ ފެށި އިރު ހާޒިރުވެވަޑަައިގެން ތިއްބެވީ އެންމެ 30 މެމްބަރުންނެވެ. މިއަދުގެ ޖަލްސާ ފެށި އިރު ވަޑައިގެން ތިއްބެވީ އެންމެ 28 މެމްބަރުންނެވެ. މަޖިލީހުގެ މެމަބަރުންގެ ޖުމްލަ އަދަދަކީ 87 އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *