logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާެރާ

ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކައެއް: އަމީރު

ރާއްޖެ ބަނގުރޫޓުވާން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެމަނިކުފާނަށް މިއަދު ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ސްރީލަންކާ ސަރުކާރާއި ގާނާ ސަރުކާރާ އެކު އެމަނިކުފާނު ދާދިފަހުން މަސައްކަތްކުރައްވާފައިވާ ކަމަށާއި އެ ދެ ގައުމު ވެސް ދިޔައީ ބަނގުރޫޓޫގެ މަގަށް ކަމަށެވެ. ރާއްޖެ އެމަގަށް ދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވުން ވާނީ އެމަނިކުފާނަށް ބޮޑު ލަދަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދުގެ އެވާހަކަފުޅަށް ރައްދު ދެއްވައި އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާ ވާހައަކީ އަބަދުވެސް ދައްކާ ވާހަކައެއް ކަމަށާއި އެއީ ސިޔާސީ ބޭނުމަށް ދައްކާ ވާހަަކައެއް ކަމަށެވެ.

" އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި،" ޓްވީޓްގައި އަމީރު ވިދާޅުވި އެވެ.

ރާއްޖެ ބަނގުރޫޓްވެދާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ އިރު ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުވާނެ ކަމަށެވެ. އެހެން ނަަމަވެސް ނަޝީދު ގެންދަވަނީ ރާއްޖެ މިހާރު ވެސް އޮތީ އިގުތިސާދީ ގޮތުން ބޮޑު ކާރިސާއެއް ކުރިމަތިވާ ފަަދަ ހާލަތެއްގައި ކަަމަށް ސިފަކުރައްވަމުންނެވެ. އަސާސީ ބޭނުންތަކަށް ރާއްޖެއަށް އެެތެރެކުރަން ޖެހޭ ތަކެތި އެތެރެކުރެވޭ ވަރަށް ދައުލަތުގެ ރިޒާވްފައި މިހާރު ބޭރުފައިސާ ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *