logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024
ހޯމް މިނިސްޓަރުގެ ނައިބަކަށް މިއަދު އައްޔަން ކުރި އަޝްރަފް އަލީ

ހޯމް މިނިސްޓަރުގެ ނައިބަކަށް އަޝްރަފް އަލީ އައްޔަންކޮށްފި

ދިވެެހި ބަހުގެ އެކެޑަމީގެ ރައީސްކަން ކުރިން ކުރައްވާފައިވާ ގއ. ނިލަންދޫ، ލިލީމާގެ، އަޝްރަފް އަލީ ހޯމް މިނިސްޓަރުގެ ނައިބުކަމަށް މިއަދު އައްޔަން ކުރައްްވައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ އަޝްރަފް އަލީ އަށް ހޯމް މިނިސްޓަރުގެ ނައިބުކަން ދެއްވުމާ ހަމައަށް އޭނާ ހުންނެވި އެެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗާގެ ޑީންގެ މަގާމުގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ދިވެހިބަހުގެ އެކެޑަމީއާއި އަލިމަސް އެކަޑެމީގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.

އަޝްރަފް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019 ވަނަ އަހަރު ހާސިލުކުރައްވައިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *