logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024
އެޗްޑީސީ ހެޑް އޮފީސް/ ފޮޓޯ: ޕީއެސްއެމް

ހިޔާ ފްލެޓުން ފަސް ފިހާރަ ކުއްޔަށް ދޭން ހުޅުވާލައިފި

ހުޅުމާލޭގެ ފޭސް 2ގައި ހުންނަ ހިޔާ ޓަވަރުތަކުގައި ފިހާރަ ހިންގަން ހާއްސަކޮށްފައިވާ ފަސް ތަނެއް ކުއްޔަށް ހިފާނެ ފަރާތްތަައް ހޯދަން އެޗްޑީސީން އިއުލާންކޮށްފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ވާ ގޮތުން ކުއްޔަށް ދޫކުރާ އެއްތަނަކީ އެޗް 2 ޓަވަރުގެ ގްރައުންޑް ފްލޯގައި ހުންނަ 1،096.52 އަކަފޫޓުގެ ޖާގަ އެކެވެ. ދެވަނަ ތަނަކީ އެޗް 8 ޓަވަރުގެ ގްރައުންޑް ފްލޯގައި ހުންނަ 1،086.40 އަކަފޫޓުގެ ޖާގަ އެެކެވެ. ތިންވަނަ ތަނަކީ އެޗް 10 ޓަވަރުގެ ގްރައުންޑް ފްލޯގައި ހުންނަ 926.34 އަކަފޫޓުގެ ޖާގަ އެކެވެ. ހަތަރު ވަނަ ތަނަކީ އެޗް 11 ޓަވަރުގެ ގްރައުންޑް ފްލޯގައި ހުންނަ 1،093.92 އަކަފޫޓުގެ ޖާގަ އެކެވެ. އަދި ފަސް ވަނަ ތަނަކީ އެޗް 15 ޓަވަރުގެ ގްރައުންޑް ފްލޯގައި ހުންނަ 543.90 އަކަފޫޓުގެ ޖާގަ އެކެވެ.

މި ތަން ތަން ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި އަކީ 18 ޑިސެންބަރު 2022 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ. ޕްރޮޕޯސަލް ތަން ހުޅުވުން ހަމަ އެދުވަހު އޮންނާނެއެވެ. ޕްރި ޕްރޮޕޯސަލް މީޓިން އޮންނާނީ 30 ނޮވެންބަރު 2022، 14:00 ގަ އެވެ. އަދި މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމެއް ހަތަރެއް ޑިސެންބަރު 14:00 ގައި އޮންނާނެ ކަމަށާއި ސާފުކުރަން އެދުނު މައުލޫމާތުތަށް 18 ޑިސެންބަރު 2022 ގައި އެޗްޑީސީގެ ވެބްސައިޓުގައި އާއްމުކުރާނެ ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.

ހިޔާ ފްލެޓުގައި ގާތްގަނޑަކަށް 30،000 މީހުން އުޅޭއިރު އެ ސަރަހައްދުގައި އަދި ހުރީ މަދު ފިހާރެއެކެވެ. އެހެން ވެ ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ މީހުންނަށް މިހާރު އޮތް ދަތިކަން ނިމުމަމަކަށް ގެންނަން އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *