logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

މެލޭޝިއާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް މެލޭޝިޔާގެ އައު ބޮޑުވަޒީ ދާތޯ ސެރީ އަންވަރު އިބްރާހީމަށް މަރުހަބާ ވިދާޅުވެޖެއެވެ.

މެލޭޝިއާގެ އާ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ އަންވަރު އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން، ރާއްޖެއާއި މެލޭޝިޔާއާ ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. މެލޭޝިޔާގެ އާ ސަރުކާރާ ގުޅިގެން ބައިނަލްއަގުވާމީ މުހިންމު ކަންކަމުގައި މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރުދުވަހު މެލޭޝިޔާގައި ބޭއްވި، އެގައުމުގެ 15ވަނަ އާންމު އިންތިހާބަށް ފަހު، އެގައުމުގެ ރަސްގެފާނު،  އަންވަރު އެމަގާމަށް އައްޔަން ކުރެއްވީ، އެއްވެސް ޕާޓީއަކަށް ގާނޫންހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމުން ގުޅިފައިވާ ޕާޓީތަކުން ކޯލީޝަން ސަރުކާރެއް އުފެއްދުމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *