logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް ވީރާނާވެފައި ވަނިކޮށް މަރާމާތުކޮށްފައި. ފޮޓޯ:ހައުސިން މިނިސްޓްރީ

ކުޅުދުއްފުށީ ރޯހައުސްތައް ހަވާލުކުރަން ފަށައިފި

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ދުވަސްވަރު ކުޅުދުއްފުށީގައި ބިނާކުރި ރޯހައުސްތައް ވީރާނާވެފައި ވަނިކޮށް، އެތަންތަން މަރާމާތުކުރަން މި ސަރުކާރުން ހިންގި މަޝްރޫއުގެ ދަށުން މަރާމާތުކޮށް ނިމިފައިވާ 105 ރޯހައުންސް އެތަންތަން ލިބޭ ފަރާތްތަކާ ހަވާލުކުރަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރް މުހައްމަދު އާރިފު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ރޯހައުސްތައް އެތަންތަން ލިބުނު ފަރާތްތަކާ ހަވާލުކުރަން ފެށީ އިއްޔެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުޅުދުއްފުށީގައި އިމާރާތްކުރީ ޖުމްލަ 165 ރޯހައުސް އެވެ. އެތަންތަން ލިބޭ ފަރާތްތަކާ ހަވާލުކޮށް ނުކޮށް ހުރެ ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް މިސަރުކާރުން އެތަންތަން މަރާމާތުކުރުމުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ. އެ އަހަރު އޭގެ ތެރެއިން ބައެއް ތަންތަން މަރާމާތުކޮށް ނިންމައި އެތަންތަން ލިބުނު ފަރާތްތަކާ ވަނީ ހަވާލުކޮށްފަ އެވެ.

ދެބުރިއަށް އިމާރާތްކޮށްފައިވާ އެ ރޯހައުސްތަކުގައިވާ ކޮންމެ ހައުސިން ޔުނިޓެއްގައި ހުންނަނީ ތިން ކޮޓަރިއާއި ތިން ފާހާނާ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *