logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ޕްލޭނެއް ފާސްކޮށްފި

ސަރުކާރުން އެކުލަވައިލާފައިވާ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރަން އަންނަ އަހަރު މަސައްކަތްތައް ކުރާނެ ގޮތުގެ ޕްލޭނެއް މިއަދު ފާސްކޮށްފި އެވެ.

އެ ޕްލޭން ފާސްކުރީ ޖެންޑާ އިކުއަލިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރާ  ހައިލެވެލް ސްޓިއަރިން ކޮމެޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.

ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން މިއަހަރު ފެބުރުވަރީ މަހު ފާސްކުރުމަށްފަހު، ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން އެ ބައްދަލުވުމުގައި ބުންޏެވެ.  އެ މިނިސްޓްރީން ބުނީ އިކުއަލިޓީ އެކްޝަން ޕްލޭންއަށް އަހުލުވެރިކުރުމަށް ގިނަ އިދާރާތަކަށް މައުލޫމާތު ސެޝަންތައް ގެންގޮސްފައިވާކަމަށެވެ.

ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ވަކި އިދާރާތަކުން ކުރެވޭ ކަންކަން ދެނެގަނެ، ޖެންޑާ މެއިންސްޓްރީމް ކުރުމަށް އިދާރާތަކުން ކުރާ ރަނގަޅު މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް  ފަހު އެމް،ޖީ،އީ،އެމް ސެޓިފިކޭޝަން ދޭން ވެސް ސްޓިއަރިން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމި އެވެ.

މިއަދު ފާސްކުރި ޕްލޭން އެކުލަވައިލީ 84 އަށް ވުރެގިނަ އިދާރާތަކާ އެއްގެ ބައިވެރިވުމާއި އެކުގައި ކަމަށާއި ޕްލޭންގައިވާ މަސައްކަތްތައް، އެ އިދާރާތަކާ ހަވާލުކޮށްފައިވާ ކަމަށް ކޮމިޓީއާ ހަވާލާދީ ރައީސް އޮފީހުން ބުންޏެވެ.

ހައިލެވެލް ސްޓިއަރިންގ ކޮމެޓީގެ މަގްސަދަކީ ގައުމީ ފެންވަރުގައި އަމަލުކުރާނެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރަމުންދާ މިންވަރު ބަލައި އިތުރަށް ހަރުދަނާކުރަންވީ ކަންކަމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *