logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގަައި ވާހަކަ ދައްކަވަނީ

ޝަރީފުގެ އަތުން 10 މިލިއަން ރުފިޔާ ހޯދަން ނަޝީދު ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފު ކުރެއްވި ޓުވީޓަކާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާކޮށް،  އަބުރާ ބެހުމުގެ ސަބަބުން ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދޭން އެދިވަޑައިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ނަޝީދު ތަމްޞީލުކުރާ ލޯފޯމް "ލިޓިޖެންޓްސް" އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 25 ނޮވެމްބަރ ގައި ޝަރީފް ކުރެއްވި ޓްވީޓެއްގައި، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަން ވައްޓާލުމަށް ފަންސާސް މީހަކު މަރައިލަން ނަޝީދު ރޭއްވެވި ކަމަށް ތުހުމަތުކުރައްވައިފައިވާ ކަމަށެވެ. އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވިކަމަށާއި އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓަރީ ގުރޫޕުން ގަރާރެއް ފާސްކުރިކަމަށް ވެސް އެ ޓްވީޓްގައި ޝަރީފު ތުހުމަތުކުރެއްވި އެވެ.

ނަޝީދުގެ ފަރާތްޕުޅުން ދައުވާ ކުރީ ޝަރީފުގެ އެވާހަކަ ތަކުގެ ސަބަބުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިޔަން ރުފިޔާ ނަގައިދޭން އެދި އެވެ.

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގައި ކުރާ ބަހުސްތަކުގައި ވެސް ނަޝީދަށް އާއްމުކޮށް ބަހުގެ ހަމަލާ ދެއްވާ ބޭފުޅެކެވެ. މަޖިލީހުގެ މެމްބަރުންގެ މެދުގައި އުފެދިފައިވާ ނުރަސްމީ ދެ ފެކްޝަނުގެ ތެރެއިން ޝަރީފަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފެކްޝަނުގެ ބޭފުޅެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *