logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އަލަށް އުފަންވާ ކުދިން ރަޖިސްޓްރީ ކުރުން ލަސްކުރާ ނަމަ ބޮޑު ޖޫރިމަނާއެއް!

އަލަށް ރަޖިސްޓްރީ ކުރަން ހަފުތާއެއްގެ ތެރޭގައި ހުށަނާޅައިފި ނަމަ 10،000ރ. އިން ޖޫރިމަނާކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނެެއް ފާސްކޮށްފި އެވެ.

ކުދިން ރަޖިސްޓްރީކުރަން ހުށަހެޅުން ލަސްކުރާ ފަރާތްތައް ޖޫރިމަނާކުރެވޭ ގޮތަށް މާއްދާއެއް އޮތީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި "އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނު" ގެ ބިލުގަ އެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ބިލު މަޖިލީހުން ފާސްކުރީ 52 މެންބަރަކު ވޯޓު ދެއްވައިގެންނެވެ.

ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާ އެކު، ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން އެކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާއަށް އެ ބިލުން ލާޒިމުކޮށްފަ ވެ އެވެ. އެ ބިލު ފުރަތަމަ ހުށަހެޅި އިރު ބިލުގައި އޮތީ އަލަށް އުފަންވާ ކުއްޖަކު ހަފުތާއެއް ތެރޭގައި ރަޖިސްޓްރީ ނުކޮށްފި ނަމަ ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އެކަމަކު ކޮމިޓީން ބިލު ދިރާސާކުރި އިރު ބައެއް އިތުރުކޮށް، ރަޖިސްޓްރީ ނުކުރެވުނު ސަބަބަށް ބަލަން ޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

ކޮމިޓީ މަރުހަލާގައި މި ބިލަށް ދެން ގެނެސްފައިވާ އަނެއް މައިގަނޑު ބަދަލަކީ ފޫޅުމާ ފޯމުގައި ބައްޕައަށް ސޮއިކުރެވެން ނެތް ހާލަތުގައި މަންމައަށް ސޮއިކުރެވޭ ގޮތަށް އަދި މަންމައަށް ވެސް ސޮއިކުރެވޭނެ ހާލަތެއް ނެތްނަމަ ބެލެނިވެރިޔާއަށް ސޮއިކުރެވޭނެ ގޮތަށް ހެދުމެވެ

ފޫޅުމާ ފޯމު، އުފަންދުވަހުގެ ސެޓްފިކެޓް، މަރު ފޯމް އަދި އައިޑީކާޑަށް ސައްހަަ ނޫން ބަދަލެއް ގެނެސްފި ނަމަ، އެމީހަކު 10،000ރ. އާއި 15،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލުގައި އެބަ އޮތެވެ. އެގޮތަށް ކަންތައް ކުރީ  ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ނަމަ ޖޫރިމަނާ ކުރާނީ 15،000ރ. އާއި 25،000ރ. އާ ދެމެދުގެ އަދަދަކުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *