logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އިންޑިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ލޯނެއް ދީފި

އިންޑިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ލޯނެއް މިއަދު ދީފި އެވެ.

އިންޑިއާއިން މިއަދު ރާއްޖެއަށް ދިން 100 މިލިޔަން ޑޮލަަރުގެ ލޯނަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް، އެބޭންކުން ރާއްޖޭގެ ޓްރެޝަރީ ބޮންޑް ގަތުމުގެ ޒަރިއްޔާއިން ދިން ލޯނެކެވެ. ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ލޯނުގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.އިންޑިއާގެ ފަރާތުން އެ ލިއުން ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު މޫނޫ މަހާވަރު އެވެ.

ލިއުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޖައިޝަންކަރު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ރަސްމިއްޔާތުގައި ވިދާޅުވީ އިންޑިއާއިން ހަމަޖައްސައިދިން 100 މިލިޔަން ޑޮލަރުގެ މާލީ އެހީ އަކީ ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް އަގުބޮޑު އެހީއެއް ކަމަށެވެ. އެއީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަށް ލިބެމުންދާ މިފަދަ އެހީތައް ހެކިކޮށްދެނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހިކުމަތްތެރި ވިސްނުންފުޅުން ތަމްސީލުކުރައްވަމުން ގެންދަވާ ހާރިޖީ ސިޔާސަތު ދުނިޔޭގެ ގައުމުތަކުން ވަރަށް ފުރިހަމައަށް ބަލައިގަނެފައިވާ ކަން. އަދި އެ ސިޔާސަތުގެ ސަބަބުން ބައިނަލް އަގުވާމީ މަޝްރަހުގައި ގައުމުތަކުގެ އިހުތިރާމާއި ގަދަރު ދިވެހިރާއްޖެއަށް ލިބިފައިވާ މިންވަރު،" ޝާހިދު ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް އެކި ގޮތްގޮތުން ދޭ އެހީތެރިކަމަށް ޓަކައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާ ސަރުކާރަށް ޝާހިދު ޝުކުރު އަދާކުރެއްވި އެވެ. އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޖައިޝަންކަރަށް ވެސް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެރިވެވަޑައިގެން ޖައިޝަންކަރު ވިދާޅުވީ މިއަދު ދިން މާލީ އެހީ އަކީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުން ބޮޑު އިގުތިސާދީ ހާލަތުން އަރައިގަތުމަށް ދިން އެހީއެއް ކަމަށެވެ. މިހާލަތުގައި ރާއްޖެއަށް އެހީވުމަކީ އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދަނޑިވަޅުގައި ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް އެހީތެރި ވެދެވުމަކީ އިންޑިއާ ސަރުކާރުން އުފާކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *