މާލޭގެ މަގުތަކުގައި ހަލާކުވެފައިވާ ކާނުތަކުގެ ތެރެއިން 300 އަށް ވުރެ ގިނަ ކާނުގެ މަތި މިހާރުގެ ކައުންސިލް އައި ފަހުން ބަދަލުކޮށްފައި ވާނެ ކަމަށް މާލޭ ސިޓީކައުންސިލުން މިއަދު ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނި ގޮތގައި މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން ޑިސެންބަރު މަހާއި ހަމައަށް 80 މަގެއްގައި ހަލާކުވެފައި ހުރި 160 ހުރި ކާނު ވަނީ ބަދަލު ކޮށްފަ އެވެ. މިއަހަރު ޖެނުއަރީ މަހުން ފެށިގެން މި މަހާ ހަމައަށް 119 މަގެއްގައި ހަލާކުވެފައި ހުރި 220 ކާނު ބަދަލުކޮށްފައިވާ ކަމަށް ވެސް ސިޓީކައުންސިލުން މިއަދު ބުންޏެވެ.
މެދު ހެންވޭރު ދާއިރާގެ ކައުންސިލަރ އާދަމް ރަމީޒް ވިދާޅުވީ ކައުސިންލަށް ބަޖެޓްގެ ދަތިކަން އޮތް ނަމަވެސް މަގުތަކުގެ ހާލަތު ރަނގަޅުކުރަން ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މާލޭގެ މަގުތަކުގައި ހަލާކުވެފައިހުންނަ ކާނުތައް ބަދަލުކުރުމުގެ މަސައްކަތަކީ ކައުންސިލްގެ އާންމު ހިދުމަތްތަކާއިބެހޭބައިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއްކަން ކަަމަށް ވެސް ސިޓީކައުންސިލުން ބުންޏެވެ.
މޭލޭ ސިޓީކައުންސިލުން މި ތަފާސް ހިސާބުތައް އާއްމުކޮށްފައި މިވަނީ ހަލާކުވެފައިވާ ކާނުތަކުގެ ސަބަބުން މީހުންނަށް ބޮޑެތި އަނިޔާ ލިބޭތީ ފާޑުކިއުން އަމާޒުވެފައިވާ ވަގުތެއްގަ އެވެ.