logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ދެ ގޯނި ފުރައި ވަގަށް އެއްޗިހި ގެންދިޔަ މީހަކު ހޯދަން ވީޑިއޯ އާއްމުކޮށްފި

ދެގޯނި ފުރެންދެން އެއްޗިހި އަޅައި، އެ ދެ ގޯނި ޕިކަޕަކަށް އަރުވައިގެން ދިޔަ މީހަކު ހޯދަން ފުލުހުން ވީޑިއޯ އެއް އާއްމު ކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި އެ ވީޑިއޯއާ އެކު އާއްމުކުރި ބަޔާނުގައި ބުނީ އެވީޑިއޯއިން ފެންނަ މީހާ އަކީ މާފަންނު ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަން ޔުނިޓުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމަށެވެ.

މިވީޑިއޯ އިން ފެންނަނީ މީހަކު ޕިކަޕަކަށް ދެ ގޯނި އަރުވާ މަންޒަރެވެ. ފުލުހުން ބުނި ގޮތުގައި ވީޑިއޯ އިން ފެންނަ މީހާ އަކީ ފުލުހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލަ އަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާ މީހެކެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ފުލުހުންގެ މާފަންނު ޕޮލިސް ސްޓޭޝަން ނަންބަރު 9660183 އަށް ގުޅަން ފުލުހުން އެދެ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *