ކުޅުދުއްފުށި ސިޓީގައި އިމާރަތްކުރި 165 ރޯ ހަރުސް އެ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ރޯ ހައުސްތައް ކައުންސިލާ ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއެވެ. ކައުންސިލްގެ ފަރާތުން ރޯ ހައުސްތަކާ ހަވާލުވެވަޑައިގެންނެވީ އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފުއެވެ.
ބޮޑުތިލަތުންމަތީގެ އެންމެ އާބާދީ ބޮޑު ރަށް، ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކޮށްދިނުމަށް މި މަޝްރޫޢުގެ އަމަލީ މަސައްކަތް 2011 ވަނަ އަހަރު ވަނީ ފަށާފައެވެ. އެހެންނަމަވެސް، މި މަސައްކަތް ކުރިއަށްނުގޮސް ފަހުން ވަނީ މަސައްކަތް ހުއްޓިފައެވެ. pic.twitter.com/sbbgeR4QRH
— Min.of National Planning, Housing & Infrastructure (@MoNPHImv) December 1, 2022
މި ރޯހައުސްތަކަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް 2011 ފެށި މަޝްރޫޢުއެކެވެ. މި މަޝްރޫއު ހުއްޓުނީ 2012 ވަނަ އަހަރު ފެބްރުއަރީ މަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހިސާބުންނެވެ. އޭގެ ފަހުން މި ސަރުކާރުން އެމަސައްކަތްކޮއް މިހާރު ވަނީ ރޯހައުސްތަކަށް މީހުން ވައްދާފައެވެ.