logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

އަނިޔާވެރިން ކުރާ އަނިޔާތައް ދިގުލައިގެން ދިޔަޔަސް، އަނިޔާ ލިބޭ މީހުން މާޔޫސް ނުވޭ: ޚުތުބާ

އަނިޔާވެރިން ކުރާ އަނިޔާތައް ދިގުލައިގެން ދިޔަޔަސް، އަނިޔާ ލިބޭ މީހުން މާޔޫސް ނުވުމަށް މިއަދު ހުކުރު ޚުޡުބާގައި ގޮވާލައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮއްފައިވަނީ "އަނިޔާވެރިންނަށް މާތްالله މުހުލަތެއް ދެއްވައެވެ." މި މައުލޫއަށެވެ.

"މާތްﷲ ކަން ހިންގަވާ ގޮތަށް ބަލާއިރު، އަނިޔާވެރިން މަޑުމަޑު ހަލާކުގެ ތެރެއަށް ވައްޓަވައިލެއްވުން ވެއެވެ. އަނިޔާވެރިންނަށް ﷲ ދެއްވާ އުގޫބާތުން ސަލާމަތެއް ނުވެވޭނެއެވެ. މިއުގޫބާތް ދުނިޔޭގައިވެސް ލިބިދާނެއެވެ. އަދި އާޚިރަތުގައިވެސް ލިބިދާނެއެވެ. މި އުގޫބާތް ދެދުނިޔޭގައިވެސް ލިބިދާނެއެވެ." ހުކުރު ޚުޡތުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައިވަނީ ދުނިޔެއަކީ ޖަޒާ ދެއްވުމުގެ ގޮވައްޗެއް ނޫންކަމުގައެވެ. އަދި ޖަޒާ ދެއްވުމުގެ ގޮވައްޗަކީ އާޚިރަތް ދުވަސްކަން ބަޔާން ކުރައްވަމުން ޚުޡުބާގައި ވިދާޅުވެފައިވާ ގޮތުގައި ބައެއް ފަހަރަށް އަނިޔާވެރިންނަަށް މުހުލަތު ދެއްވަނީ އެމީހުން އެ އަނިޔާވެރިކަމުގައި އިތުރަށް ކުރިޔަށް ދިއުމަށްޓަކަައެވެ. އެއީ އެމީހަކު އުޅޭ ތަނެއްގެ، ނުވަތަ ރަށެއްގެ ނުވަތަ ގައުމެއްގެ މީހުންނަށް އެކަން ފެނި އެނގިދެނި ވުމަށްޓަކައެވެ. އެމީހަކާ ދެކޮޅަށް އާޚިރަތްދުވަހު ހިސާބު ބެލެވޭއިރު، ހެކިވެރިންގެ ގޮތުގައި ތިބުމަށްޓަކައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *