logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އަމީނީމަގު ހެދުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން އިން އަމީނީމަގު ސެގްމެންޓް ދޭއްގެ މަސައްކަތް ފަށައިފިއެވެ.

މިދިޔަ މަހު އާރްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަގު ހެދުމުގެ މަސައްކަތް މަޑުޖައްލާފައިވަނީ އެމްޑަބްލިއުއެސްސީ އިން ފޯރުކޮށްދެމުންދާ ހިދުމަތްތައް އަޕްްގްރޭޑް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން ލަސްވާތީކަމަށެވެ. މަސައްކަތް އޭރު ހުއްޓާލީ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދެވެންދެން މަޑު ޖައްސާލުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެދިފައިވާތީކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އާރުޑީސީން ބުނީ މަސައްކަތް އަލުން ފެށީ  ދެވަނަ ސެގްމެންޓަށް ބޭނުންވާ ސާމާނު ލިބުމުން ކަމަށެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ ބޮޑު ތަކުރުފާނު މަގުން ފެށިގެން ކަލާފާނު ހިނގުމާ ހިސާބަށް އެމަގު ބަންދުކޮށް، ދުއްވާ އުޅަނދުތަކަށްވެސް ނުވަދެވޭ ގޮތަށް ވަނީ ހަދާފައެވެ.

އަމީނީމަގު ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ އާރްޑީސީއަށް 84.4 މިލިއަން ރުފިޔާ ދީފައެވެ. މި މަޝްރޫޢުގެ ދަށުން 1.7 ކިލޯމީޓަރުގެ މި މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރާނެއެވެ.

އަމީނީ މަގުގައި ތާރަައަޅަން ހަމަޖެހިފައިވަނީ ޕޭވިންގެ މަސައްކަތް ބިލަބޮން ސްކޫލާ ހަމައަށް ދިއުމުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *