logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އެކައުންޓުގެ ވެރިފަރާތަށް ނޭނގި ބޮޑު އަދަދަކުން ޓްރާންސްފާ ކުރި މީހަކު ހޯދަނީ

އެކައުންޓުގެ ވެރިފަރާތަށް ނޭނގި ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާ ކުރި އަންހެނަކު ހޯދަން ފުލުހުން ވީޑިއޯ އެއް އާއްމު ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި އެ ވީޑިއޯއާ އެކު އާއްމުކުރި ބަޔާނުގައި ބުނީ އެވީޑިއޯއިން ފެންނަ މީހާއަކީ، އެކައުންޓުގެ ވެރިފަރާތަށް ނޭނގި 180،000ރ އަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮއްފައިވާކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.  ވީޑިއޯ އާއްމުކުރީ ފައިސާ ޓްރާންސް ކުރި މައްސަލާގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް އޭނާ ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅަން ފުލުހުން އެދެ އެވެ.

އެކިއެކި ލިންކްތައް މެދުވެރިކޮށް މީހުންގެ ފޯނާއި އެހެނިހެން ޑިވައިސްތައް ހެކްކޮށް، ފައިސާ ޓްރާންސްފާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. މީހުން ފޮނުވާ އެފަދަ ލިންކްތަކަށް ނުވަނުމަށާއި އެއްވެސް މީހަކަށް އޯޓީޕީއާއި ޕާސްވޯޑް ފަދަ މައުލޫމާތު ނުދޭން ބޭންކްތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *