logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ހަބީބާ ހުސައިން ހަބީބުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، އަލްމަރްހޫމާ ހަބީބާ ހުސެއިން ހަބީބުގެ ހަނދާނުގައި ދިވެހިބަހުގެ އެކަޑަމީގައި ހުޅުވާލާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފިއެވެ.

މި ދަފްތަރުގައި ރައީސް ލިއުއްވާފައިވަނީ، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ހަބީބާ ހުސައިން ހަބީބު އަވަހާރަވުމަކީ، ވަރަށް ގިނަ ގޮތްގޮތުން ދިވެހިގައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްކަމުގައާ، އަދި ދިވެހި ދައުލަތަށް އެކަމަނާ ހިދުމަތްކުރެއްވި 49 އަހަރަށްވުރެ ދިގު މުއްދަތުގައި ދައްކަވާފައި ވަނީ، މަސައްކަތަށް ކަމޭ ހިއްތެވުމާއި، ދިވެހި ދައުލަތަށް އިހްލާސްތެރިވުމާއި، ސަރުކާރަށް ވަފާތެރިވުމުގައި ވަރަށް މަތިވެރި ނަމޫނާއެއްކަމުގައި އެވެ.

މީގެ އިތުރުން ލިޔުންތެރިކަމުގެ ރޮނގުންނާއި ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީހަށް ކުރެއްވި ހިދުމަތްތަކުގެ އިތުރުން، ދިވެހިރާއްޖޭގައި ލައިބްރަރީގެ ހިދުމަތް ތަރައްގީކުރައްވައި، ފުޅާކުރެއްވުމުގައި ޙަބީބާ އަދާކުރައްވާފައި ވަނީ، ޝުކުރުވެރިވުން ހައްގު ދައުރެއްކަން ރައީސް ލިއުއްވާފައިވެއެވެ.

ރައީސްގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމާ ހަބީބާ ހުސައިން ހަބީބުގެ ފުރާނަފުޅަށް، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށާއި، އެކަމަނާގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.

ހަބީބާ ހުސެއިން ހަބީބް އަކީ ރާއްޖޭގެ ރަސްކަން ދެ ފަހަރެއްގެ މަތިން 32 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި އައް ސުލްތާން މުޙައްމަދު ޝަމްސުއްދީންގެ ކާފަދަރިކަނބަލެކެވެ. އެކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު މިދިޔަ ނޮވެމްބަރ މަހުގެ 21 ވަނަދުވަހުގެ ހަވީރުއެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 92 އަހަރެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *