logo minivan

English

ހޮނިހިރު, 27 ޖުލައި 2024
މީޑިއާ ކައުންސިލްގެ މެމްބަރުން ބައެްދަލުވުމެއްގައި . ބައިވެރިވެވަޑައިގަންނަވަނީ.

އެމްއެމްސީން އުފައްދާ ޕްރެސް ކްލަބްގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އުފައްދަން މަސައްކަތް ކުރަމުން އަންނަ ޕްރެސް ކްލަބް ހިންގާނެ ގަވައިދު ފާސްކޮށް، އެ ކްލަބްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެމްއެމްސީން ބުނީ ޕްރެސް ކްލަބްގެ ހިންގާ ގަވައިދު ފާސްކޮށް އެ ކްލަބްގައި ބައިވެރިވުމުގެ ދައުވަތު މީޑިއާތަކަށް ފޮނުވަން ނިންމީ އެ ކައުންސިލުން ރޭ ބޭއްވި، ކައުންސިލްގެ 66 ވަނަ ޖަލްސާއިން ކަމަށެވެ. އެގޮތަށް ނިންމައި، އެމްއެމްސީން މިހާރު އަންނަނީ ޕްރެސްކްލަބްގައި ބައިވެރިވުމުގެ ދައުވަތު ފޮނުވަމުންނެވެ.

ޕްރެސް ކްލަބް އުފެއްދުމަކީ އެމްއެމްސީގެ މިދައުރުގެ މެމްބަރުންގެ ވައުދެކެވެ. އެ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަން އެންމެ ފަހުން ވިދާޅުވެފައި ވަނީ އެކައުންސިލްގެ މި ދައުރު ނިމުމުގެ ކުރިން ޕްރެސް ކްލަބް އުފެއްދުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާނެ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *