ޗައިނާ ގައި މިހާރު ކުރަމުންދާ ވަރުގަދަ މުޒާހަރާ ތަކާ ހެދި އެގައުމުގެ ފެކްޓްރީތަކުގެ މަސައްކަތްތަކަށް ބުރޫ އަރަމުން ދާތީ އެމެރިކާގެ އެޕަލް ކުންފުނީގެ އުފެއްދުންތައް އުފެއްދުމުގެ މަސައްކަތް އެގައުމުން ބޭރުކުރަން ނިންމައިފި އެވެ.
މިދިޔަ ހަފުތާގައި ވޯލް ސްޓްރީޓް ޖާނަލްއިން ނެރުނު ރިޕޯޓެއްގައި ވަނީ ޗައިނާގެ ކޯވިޑް ސިޔާސަތުތަކުގެ ސަބަބުން އެޕަލްގެ ވިޔަފާރިއަށް ބުރުއަރަމުން ދާތީ އެޕަލްގެ ބައެއް އުފެއްދުންތައް ޗައިނާއިން ބޭރަށް ބަދަލުކުރުމުގެ ޕްލޭންތައް އަވަސްކޮށްފައިވާ ކަމަށެވެ.
އެޕަލްއިން އަންނީ އޭޝިއާގެ އެހެން ތަންތަނުގައި އެޕަލްގެ އުފެއްދުންތައް އެސެމްބްލް ކުރުމަށް ޕްލޭން ކުރުމަށް ސަޕްލައިކުރާ ފަރާތްތަކަށް ބާރުއަޅަމުންނެ. ހާއްސަކޮށް ޗައިނާގެ ފޮކްސްކޮންއަށް ބަރޯސާވުން ކުޑަކޮށް އިންޑިއާ އާއި ވިއެޓްނާމްއަށް އެސެންބަލް ކުރުން ބަދަލުކުރަން އެޕަލް އިން އަންނަނީ ބާރުއަޅަމުންނެވެ.
އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ކޯވިޑް-19ގެ ހުރަސްތަކާ ގުޅިގެން މަސައްކަތްތެރިން ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. މުޒާހަރާތަކުގެ ސަބަބުން އެޕަލްއަށް އަންނަނީ ވަރަށް ބޮޑު ގެއްލުންތަކެއް ވަމުންނެވެ. އެމްމެ ފަހުގެ އައިފޯންއާއި އެހެން އެޕަލްގެ ޑިވައިސްތައް ލިބުމުގައި ލަސްކަމެއް އުޅޭކަމަށް ބައިނަލް އަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޗައިނާއަކީ އާއްމުކޮށް މުޒާހަރާ ނުކުރާ ގައުމަކަށް ވިޔަސް އެގައުމުގެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލީ ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ހަރުކަށި ފިޔަވަޅުތައް ދިގުލައި ދިއުމުންނެވެ.