logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތައިލެންޑްގެ ރަސްގެފާނުގެ މަންމާފުޅުގެ އުފަންދުވަހުގެ މުނާސަބަތުގައި ބައިވެރިވަނީ/ ފޮޓޯ: ރައީސް އޮފީސް

ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފި

ތައިލެންޑްގެ ރަސްގެފާނުގެ މަންމާފުޅު، ރާނީ ސިރްކިތްގެ 90 ވަނަ އުފަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރިޔަށްގެންދާ، ބައިނަލްއަޤްވާމީ ތިންވަނަ ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މެޑަމް ފަޒްނާ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ އެސޯސިއޭޝަން އޮފް ތައި ސިލްކް އެންޑް ކަލްޗާ ޕްރޮމޯޝަންސްގެ ދައުވަތަކަށެވެ. މި ރަސްމިއްޔާތު އޮތީ ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފެޝަން ޑިޒައިނަރުންވެސް ބައިވެރިވި އެ މުނާސަބަތުގައި ރާއްޖެއިންވެސް ވަނީ ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް ވެސް ބައިވެރިވި އެވެ. މިއަދު، ރާއްޖެއިން ހުށައަޅައިދޭ ތައި ސިލްކް ޑިޒައިންގެ ހެދުންތައް ވެސް ފަސްޓްލޭޑީ ބައްލަވައިލައްވާނެއެވެ.

ތިންވަނަ ތައި ފެޝަން ވީކް މި އަހަރު ކުރިޔަށް ދަނީ އިއްޔެއިން ފެށިގެން މިމަހުގެ 11 އަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *