ސްކޭމްކޯލްތަކާ ގުޅިގެން މާފުށި ޖަލު ބަލާ ފާސްކުރަން ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ރޭގަ ކުރި ޓުއިޓެއްގައި ބުނީ ޖަލަށް މަނާތަކެތި ވައްދައިގެން ސޮކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫމާތުތަކާއި ގުޅިގެން އެސާވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝެނަލް ޑިފެން ފޯސް ފުޅިގެން މާފުށީ ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ރޭ ފެށިފައިވާ ކަމަށެވެ.
ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން މި ސަރވިސްއާއި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން މާފުށި ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަންއެށް މިރޭ ވަނީ ފެށިފަ
— Maldives Correctional Service (@CorrectionsMv) December 6, 2022
ރާއްޖޭގައި ސްކޭމް ކޯލް އަދި އޮޅުވައިލައިގެ ފައިސާ ޓްރާންސްފާކުރުން ގިނަވަމުން ދާތީ އެކަމާ ގުޅިގެން ވާނީ ބެންކުތަކާއި އިކޮނޮމިކް މިނިސްޓްރީއާ މިދިޔާ އޮކްޓޯބަރ މަހު ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. ފުލުހުން ގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނައްވެސް ހާހަކާ ގާތްކުރާވަރަށް ސްކޭމް ކޯލްތަކުގެ މައްސަލަ ވަނީ އެއިދާރާއަށް ލިބިފައެވެ.