logo minivan

English

ހޮނިހިރު, 27 ޖުލައި 2024

"އެއްލައްކަ ގަސް" ޕްރޮގްރާމަށް ބޮޑު ތަރުހީބެއް

މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މާލޭ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް ދަނޑުވެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް މަލޭ ސިޓީކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކާނިވާ ސަރަހައްދުގައި ޤާއިމް ކުރެވުނު ނާސަރީ އައުޓްލެޓް "މާލޭ ފަހި" އާންމުންނަށް ހުޅުވާލުމާއެކު، އަތޮޅު ތެރޭގެ ދަނޑުވެރިންގެ އިތުރުން، ގަސް ހެއްދުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބެންފެށިއެވެ.

ގަސްކޮމެޓީގެ މުޤައްރިރު މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާޞިރު ވިދާޅުވީ މި ޕްރޮގްރާމް ފެށިއިރުވެސް މޭޔަރު މުޢިއްޒު އާއި ކައުންސިލްގެ ވިސްނުމަކީ އަތޮޅުތެރޭގެ ރަށްތަކަށް ޒިޔާރަތްކޮށް އެމީހުންނަށްވެސް މަންފާވާގޮތަށް މިކަން ކުރިއަށްގެންދިއުން ކަމަށެވެ.

އެކި ލެވެލްގަ ގަސް ހައްދާ މީހުން ރަށްރަށުގަ އެބަތިބި، ވިޔަފާރި އުސޫލުން ވަރަށްފުޅާ ދާއިރާއެއްގަ މަސައްކަތްކުރާ މީހުން އެބަ ތިބި. އެކަމަކު ގިނަ ބަޔަކުމިތިބެނީ އެގަސްތައް ވިއްކޭނެގޮތެއް، މާކެޓް ކުރެވޭނެ ގޮތެއް ނެތިފަ. އެހެންވީމަ އަޅުގަނޑުމެން ފަށައިގަތްއިރުވެސް މިގޮތަށް ރޭވީ". ގަސްކޮމެޓީގެ މުޤައްރިރު އަބްދުﷲ ނާޞިރު ވިދާޅުވިއެވެ

 

އަބްދުﷲ ނާޞިރު ވިދާޅުވީ މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަަށެވެ.

"ޑިޒައިން ކުރެވިފައި މިވަނީ އަސްލު ބައިން ސެންޓަރެއްގެ ގޮތުގަ. ރަށްރަށުގަ ގަސްހައްދާ ފަރާތްތަކުގެ އަތުން އަޅުގަނޑުމެން ގޮސް ބަލްކްކޮށްމިގަންނަނީ. ގަނެފަ އަޅުގަނޑުމެން މި މާކެޓްކޮށްލަދެނީ އެކި ދިމަދިމާލަށް. ރިސޯޓްތަކަށާއި، އެހެން ދަނޑުވެރިންނަށްވެސް، އަދި ގަސް ހައްދަން ބޭނުންވާފަރާތްތަކަށް. އަޅުގަނޑުމެން މިކަން ފެށީމަ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އަދި ބަގީޗާ ހައްދާ ފަރާތްތަކަށްވެސް ވަރަށްބޮޑު އުފަލަކަށް މިވީ އިނގޭތޯ. ދަނޑުވެރިންގެ ވަރަށްބޮޑު ތަޢުރީފެއް ލިބި ދަނޑުވެރިން ތިބީ އުފަލުން އިނގޭތޯ. ދަނޑުވެރިން ތިބީ ހެވިފަ". އަބްދުﷲ ނާޞިރު ވިދާޅުވިއެވެ.

"މާލެ ފެހި" ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ. މޭޔަރ މުޢިއްޒު ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް އިތުރުވެގެން ދިޔަ ބޮޅެއްކަމަށާއި، މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫޢުއެއް ކަމަށެވެ. އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ގޭގައި އަދި ގޯތިތެރޭގައި ގަސްހެއްދުމަށް ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތުލިބިގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.

 

 

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހިޔާލިބޭ ބޮޑެތި ގަސްތައް ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި އިންދާފައެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ ވަށައިގެން ކަދުރު ރުއްތައް އިންދުމުގެ މަސައްކަތް 24 މެއިގައި ފެށިފައިވާއިރު މި ޕްރޮގްރާމްގެ ދަށުން 200 ކަދުރުރުއް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

އެއްލައްކަ ގަސް ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާއިބެހޭ ފަންނީ ފަރާތްތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *