logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދިނުން އަންނަ އަހަރަށް ފަސްކޮށްފި

މިމަހު ބޭއްވުމަށް ހަމަޖެހިފައި އޮތް، ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމުދިނުމުގެ ޖަލްސާ އަންނަ އަހަރުގެ ފެބަރުއަރީ މަހަށް ފަސްކޮށްފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވަނީ، ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން މިއަހަރު އިނާމު ދެއްވުމަށް ކަނޑައެޅި ބޭފުޅުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރެއަށް ފަސްކުރެވިފައި ވާކަމަށެވެ.

މިދިޔަ އަހަރު ދޭންފެށި މި އިނާމަށް އެދި މިއަހަރު 110 ފަރާތަކުން ނަން ހުށައަޅާފައިވެއެވެ. މިއިނާމަށް ކުރިމަތިލެވެނީ ދައުލަތަށް 35 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށެވެ. މިއަހަރު އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅީ، އެކަމަށްޓަކައި ރައީސް އެކުލަވައިލައްވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މި ޖަލްސާ ފަސްކުރެވުނު ސަބަބެއް އެ އިއުލާނަގައި ބުނެފައެއް ނުވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *