logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ޝާހިދު އޯ.އޭ.ސީ.ޕީ.އެސް ސަމިޓަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް)ގެ އެމްމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްﷲ ޝާހިދު އެންގޯލާއަށް ފުރާވަޑައިގެންފި އެވެ.

އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ އެ ސަމިޓަކީ "ތިން ބައްރުގެ، ތިން ކަނޑުގެ، އެއް މަންޒިލަށް: އޯ.އޭ.ސީ.ޕީ.އެސް މިހާރަށްވުރެ ދެމެހެއްޓެނިވި، އަދި ވިލުންވެރިކަމާއި ދިމާއަށް" މި ޝިއާރުގެ ދަށުން ބާއްވާ ސަމިޓެކެވެ.

ރާއްޖޭން މިހާރު ވަނީ އޯ.އޭ.ސީ.ޕީ.އެސް ގެ ފުރިހަމަ މެންބަރަކަށް ކުމަށްއެދި ހުށައަޅައިފައެވެ. . ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަހަރު ނޮވެމްބަރު މަހުގެ ބޭއްވި އެޖަމިއްޔާގެ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމުގައި އެޖަމިއްޔާގެ ހުރިހާ މެއްބަރު ގައުމުތަކުން ވަނީ އޯ.އޭ.ސީ.ޕީ.އެސްގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ހުށައަޅާފައިވާ ހުށައެޅުމަށް ތާއީދު ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް މިފަހަރުގެ ސަމިޓްގައި ރާއްޖޭން ބައިވެރިވަނީ އެޖަމިއްޔާގެ އޮބްޒާވަރެއްގެ ހައިސިއްޔަތުންނެވެ

އެންގޯލާއަށް ޝާހިދު ފެއްޓެވި ދަތުރުގައި އޭނާގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއްވެސް ބައިވެރިވެވަޑައި ގަންނަވައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *