logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ސާކްގެ އަސާސްތައް ރާއްޖޭން އަބަދުވެސް ދަމަހައްޓާނެ: ރައީސް

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ އަސާސްތައް ރާއްޖޭން އަބަދުވެސް ދަމަހައްޓާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސާކްގެ "ޗާޓާ ޑޭ"ގެ ނަމުގައި ފާހަގަކުރާ، އެ ޖަމާއަތް އުފެއްދި ދުވަހުގެ މުނާސަބާގައި ފޮނުއްވި ހާއްސަ މެސެޖެއްގައި ރައީސް ވިދާޅުވީ ސަރަހައްދީ އެއްބާރުލުމާ އެކު ހުރިހާ ފަރާތްތަކަށް ސުލްހަ މަސަލަސްކަމާއި ހަމަޖެހުން އޮންނާނެ ގޮތަށް އަމަލުކުރުމުގެ މުހިމްމު ކަމަށާއި ސާކް ޗާޓަރގެ އަސާސްތަތް ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ކަމަށެވެ.. ސާކްގެ މެމްބަރު ގައުމުތަކުގެ ދެމެދުގައި އޮތް ޒަމާންވީ ވިޔަފާރީގެ ސަގާފީ ގުޅުންތަކާ، ބޭނުން ޖެހޭ ދަނޑިވަޅުތަކުގައި އެހީތެރިވުމުގައި ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މެސެޖު ނިންމަވައިލައްވަމުން ރައީަސް ވިދާޅުވީ ސާކް ސަރަހައްދުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ހޯއްދަވައިދެއްވުމުގައި މެމްބަރު ގައުމުތަކުގެ އެކުގައި މަސައްކަތްކުރައްވަމުން ގެންދަވާނޭކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ޗާޓަރ ޑޭ އަކީ ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. 1985 ވަނަ އަހަރުގެ މިދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ސާކް ޗާޓަރު ފާސްކުރީ، އެ ގްރޫޕްގެ ފުރަތަމަ ސަމިޓްގެ ތެރެއިންނެވެ. އެ ޗާޓަރުގައި ސޮއިކުރީ ރާއްޖޭގެ އިތުުން އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން، އަދި ސްރީލަންކާގެ އޭރުގެ އިސްވެރިންނެވެ. މިއަހަރަކީ ސަރަހައްދީ ގްރޫޕަށް 38 އަހަރު ފުރޭ އަހަރެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *