logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ޗައިނާ ބަޔަކު ކޮވިޑުން ރައްކާތެރިވާން މާސްކް އަޅައިގެން. އެގައުމުގައި މިހާރު ވަނީ ފިޔަވަޅުތަކަށް ލުއިދީފައި. ފޮޓޯ: ރޮއިޓާސް

މުޒާހަރާތަކަށް ފަހު ޗައިނާގައި ކޮވިޑް ފިޔަވަޅުތައް ލުއިކޮށްފި

ކޮވިޑް-19ގެ ބަލިމަޑުކަން މުޅިން ފިލަންދެން އެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ދަމަހައްޓަން ޗައިނާއިން ގެންގުޅުނު ސިޔާސަތު، އެގައުމުގައި ކުރި މުޒާހަރާތަކަށް ފަހު ދޫކޮށްލައިފި އެވެ.

ރޮއިޓާސް ބުނި ގޮތުގައި ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ގެންގުޅުނު "ޒީރޯ ކޮވިޑް ރިޖީމް"ގެ ހަރުކަށި ބައެއް ފިޔަވަޅުތައް ލުއިކުރީ މިއަދު އެވެ. ފިޔަވަޅުތައް ލުއިކުރުމުން ލިބުނު މިނިވަންކަމާ އެކު އެގައުމުގެ އެތެރޭގައި މީހުން ދަތުރުކުރާ މިންވަރު ވަނީ ވަަރަށް ބޮޑަށް އިތުރުވެފަ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކަށް ދުނިޔޭގެ އެހެން ގައުމުތަކުން ދިން ފަދަ ލުއިތަކަށް ޗައިނާގެ ގިނަ ބަޔަކު އިންތިޒާރުކުރާތާ ދެ އަހަރު ވެއްޖެ އެވެ. ދުނިޔޭގެ އެެހެން ގައުމުތަކުގައި މިހާރު އޮތީ ކޮވިޑާ އެކު ދިރިއުޅުމުގެ ސިޔާސަތެވެ. އެ ހިތްހަމަނުޖެހުންތަކާ އެކު އެމީހުންގެ ކެތްތެރިކަން ކޮޅުންލައި މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ވަރުގަަދަ މުޒާހަރާތަކެއް ކުރި އެވެ.

އެއަށް ޗައިނާގެ ބައެއް ސަރަހައްދުތަކާއި ސިޓީތަކުގައި ފިޔަވަޅުތައް ލުއިކުރަން ފެށި ނަމަވެސް އެއީ މުޒަހަރާތަކާ ގުޅިގެން ކުރި ކަމެއް ކަމަކަށް ޗައިނާ ސަރުކާރަކުން ނުބުނެ އެވެ. ރޮއިޓާސް ބުނި ގޮތުގައި ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް މިހާރު ވަނީ މުޅި ޗައިނާގައި ލުއިކޮށްފަ އެވެ. ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން އެ ލުއި އިއުލާނުކުރީ އިއްޔެގެ ވަގުތެއްގަ އެވެ.

ޗައިނާ ސަރުކާރުގެ މީޑިއާއިން ބުނި ގޮތުގައި ފިޔަވަޅުތައް ލުއިކުރުމާއި އެކު އެތެރޭގެ ދަތުރުތަކުގެ ޓިކެޓް ގަތުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

ޗައނާގެ އެތެރޭގެ ދަތުރުތައް މިހެން އިތުރުވުމާއި އެކު ބައެއް މީހުން އެެކަމަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ބައެއް މީހުން ސޯޝަލްމީޑިއާގައި ހާމަކުރި އިރު އަނެއް ބަޔަކު އެދުނީ އެބަލިން ރައްކާތެރިވާން ސަމާލުވުމަށެވެ.

"އަހަރެންނަށް އެނގޭ ކޮވިޑަކީ އެހާ ބިރުވެރި ބައްޔެއް ނޫންކަން. އެކަމަކު އެއީ އަދިވެސް ބާރަށް ފެތުރޭ އަދި ވޭންހުރި ބައްޔެއް،" ޗައިނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ވީބޯ" ގައި މީހަކު ބުނިކަމަށް ރޮއިޓާސްގެ ރިޕޯޓްގައި ވެ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި ކޮވިޑާ މެދު އެމީހުންގެ ހިތްތަކަށް ވަދެފައިވާ ބިރުވެރިކަން އަދި ނުފިލަ އެވެ.

ޗައިނާގައި އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 21,439 އެވެ. އެއީ އޭގެ ކުރީ ދުވަހަށް ވުރެ ކުޑަ ތަންކޮޅެއް މަދު އަދެކެވެ. އެގައުމަށް އެންމެ ފަހަން އައި ކޮވިޑް ރާޅުގައި ދުވާލަކު 40،000 އަށް ވުރެ ގިނަ މީހުން އެބައްޔަށް ޕޮޒިޓިވް ވަމުން ދިޔަ އެވެ. ކޭސްތަކުގެ އަދަދު މަދުވި އެއް ސަބަބަކީ އެހެން ނަމަވެސް ޓެސްޓްކުރުމުގެ އުސޫލަށް ގެނައި ބަދަލުތަކެއްގެ ވެސް ސަބަބުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *