logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މިލަންދޫ ބަނދަރު ބޮޑުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ށ. މިލަންދޫ ބަނދަރު ބޮޑުކޮށް، އެ ބަނދަރުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި މިލަންދޫ ބަނދަރު އަޕްގޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތުގެ އަަގަކީ ގާތްގަނޑަކަށް 80 މިލިޔަން ރުފިޔާ އެވެ.

އެ މަސައްކަތުގެ އެއްބަސްވުުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިލަންދޫގެ ބަނދަރުގެ ޖާގަ ބޮޑުކޮށް ފެންވަރު ރަނގަޅުކުރުުމުގެ މަޝްރޫއުގައި ކުރާނީ މައިގަނޑު ތިން ކަމެކެވެ. އެއް ކަމަކީ މިހާރު ކޮނެފައި އޮތް 17،900 ކޮޑިމީޓަރުގެ ފަޅު މިހާރަށް ވުރެ ފުންކުރުމެވެ. ދެވަނަ ކަމަކީ އެ ސަރަހައްދާ ގުޅުވައިގެން ބަނދަރުގެ ޖާގަ ބޮޑުކުރުމެވެ. އެ މަސައްކަތް ނިމޭއިރު ބަނދަރުގެ ބޮޑުމިނަކަށް ވާނީ 70،400 ކޮޑިމީޓަރެވެ. ތިން ވަނަ ކަމަކީ ފުންކުރާ ސަރަހައްދު ހިމާޔަތްކުރުމަށް ޓަކައި ލާން ޖެހޭ ބޭރު ތޮށި ލުމާއި އެއްގަމު ތޮށި ލުމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *