logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އެފް.އޭ.އެމް 3 ވަނަ ޑިވިޝަން – ލެގޫންސް އަދި މަސްއޮޑި ފައިނަލަށް

3 ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ލެޖޫންސް ސްޕޯޓްސް ކްލަބާއި މަސްއޮޑި ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފިއެވެ.

މިހާރު ކުރިއަށްދާ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ލެޖޫންސް ސްޕޯޓްސް ކްލަބް ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު ސެމީފައިނަލް މެޗުގައި ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.

ސްރީ ލަންކާގެ ޤައުމީ ޓީމަށް ކުޅޭ 4 ކުޅުންތެރިންނާއެކު މިފަހަރުގެ މުބާރާތައް ނިކުތް ލެޖޫންސް ސްޕޯޓްސް ކްލަބް މިމެޗު ކާމިޔާބުކުރީ 4 – 0 ނެވެ. މިމެޗުގައި ލެޖޫންސް އިން ޖެހި 4 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހައިދީ ލަންކާ ދެ ކުޅުންތެރިންނެވެ. މިގޮތުން އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައިވެސް ލަންކާ ޓީމުގެ ފޯވާޑަކަށް ކުޅުނު މުހައްމަދު ޝިފާން މިމެޗުގައި ދެ ލަނޑު ޖެހިއިރު މުހައްމަދު ޒަރްވާޏް ޖޯހަރު ވަނީ އެއް ލަނޑު ޖަހާފައެވެ. ލެގޫންސްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގައި ބަދަލުކުޅުންތެރިއާ މުހައްމަދު ފާރިޝް އާދަމްއެވެ.

3 ވަނަ ޑިވިޝަނަށް މިފަހަރު އެންމެ ވަރުގަދަޔަ ތައްޔާރުވި ދެ ޓީމުގެ ގޮތުގައި ފާހަގަކުރެވުނު ސެންޓު ސްޕޯޓްސް ކްލަބާއި މަސްއޮޑި ސްޕޯޓްސް ކްލަބް ވާދަކުރި ސެމީފައިނަލްގެ ދެވަނަ މެޗު މަސްއޮޑި ކާމިޔާބުކުރީ 1 – 0 ނެވެ.

މިމެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ ފަންސާސްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މަސްއޮޑި ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަބްދުﷲ މުއާޒެވެ.

ރާއްޖޭގެ ފުޓްސަލް ކުޅޭ ގިނަ ތަރިންނާއި ކުރިން ފުރަތަމަ ޑިވިޝަންގައިވެސް ކުޅެފައިވާ ކުޅުންތެރިން ހިމެނޭ މަސްއޮޑި ސްޕޯޓްސް ކްލަބުން މިފަހަރު ބިދޭސީ ކުޅުންތެރިއެއް ގެނަސްފައެއް ނުވެއެވެ. އެހެންނަމަވެސް އިދިކޮޅުން ކުޅުނު ސެންޓު ސްޕޯޓްސް ކްލަބްގައިވެސް ސްރީ ލަންކާގެ ޤައުމީ ޓީމަށް ކުޅޭ ކުޅުންތެރިން ހިމެނެއެވެ.

ފައިނަލްގެ ޖާގައާއެކު ލެގޫންސް ސްޕޯޓްސް ކްލަބާއި މަސްއޮޑި ސްޕޯޓްސް ކްލަބް މި ވަނީ އަންނަ ސީޒަންގައި ދެވަނަ ޑިވިޝަނުން ފުރުސަތު ޔަގީންކޮށްފައެވެ.

3 ވަނަ ޑިވިޝަންގައި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދިއްތަ ދުވަހު އެފް.އޭމް.އެމް ޓާފް ދަނޑުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *