logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭން: ރައީސް

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރުކުރަން ވެސް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މަސްވެރިންނާއި މި ސިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރަން.ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް،" ޓްވީޓްގައި ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މަސްވެެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. ސަރުކާރުގެ ފަރާތުން އެ ދުވަސް ރަސްމީކޮށް ފާހަގަކުރުމުގެ އިހުތިފާލުތައް މިއަހަރު ބާއްވާނީ ގދ. ފަރެސްމާތޮޑާ ގަ އެވެ.

ރާއްޖޭގެ މަސްވެރިން އާއްމުގޮތެއްގައި ކަންބޮޑުވުން ފާޅުކުރަމުން ގެންދަނީ މައިގަނޑު ދެކަމަކާ އެވެ. އެއީ މަސްވެރިކަން ރަނގަޅު ދުވަސްވަރު އެމީހުން ބާނާ ހުރިހާ މަހެއް ކިރޭ ގޮތް ނުވުމާއި މަސްފިނިކުރަން ބޭނުންކުރަ އައިސް ހޯދުމުގައި އަދިވެސް ދަތިތައް ހުރުމެވެ.

މަސްނުކިރޭ މައްސަލައަށް ހައްލުހޯދުމަށް ޓަކައި މިފްކޯގެ ގާބިލުކަން އިތުރުކުރަން ސަރުކާރުން މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އައިސް ލިބުމުގައި އޮތް ދަތިކަމަށް ދާއިމީ ރަނގަޅު ހައްލެއް ހޯދުމަށް ޓަކައި ދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމު ހަރުކުރަން ވެސް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ސަރުކާރުގެ ހަރަދުގައި ހަރުކުރުމަށް ފަހު އޮޑިވެރިން އަގުދައްކައި ހަލާސްކުރާ ގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން މަސްފިނިކުރަ ނިޒާމު ގާއިމްކުރަން އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މަސްފިނިކުރާ ނިޒާމުގެ އިތުރުން ދޯނިފަހަރުގައި ސޯލާޕެނަލް ވެސް ހަރުކުރާ ގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން ބައިނަލް އަގުވާމީ ބީލަމަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *