logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މީޑިއާ ކައުންސިލަށް އާ މެމްބަރުން އިންތިހާބުކޮއްފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާ ދައުރަކަށް މެމްބަރުން އިންތިހާބު ކޮށްފިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި އިންތިހާބުގައި ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައިވާ 99 ފަރާތެއްގެ ތެރެއިން ވޯޓު ލުމަށް ހާޒިރުވެފައި ވަނީ 93 ފަރާތަކުންނެވެ.

މި އިންތިހާބުގައި މީޑިއާތައް ތަމްސީލު ކުރެއްވުމަށް 7 މެންބަރުން، އަދި އާންމުންގެ ތެރެއިން 6 މެންބަރުން ވަނީ އިންތިހާބު ކޮށްފައެވެ.

މީޑިއާތައް ތަމްސީލު ކުރުމަށް އެންމެ ގިނަ ވޯޓު ލިބުނު 7 ބޭފުޅުންނަކީ:

  1.  އަޙްމަދު އާޒިފު، ސަން އޮންލައިން، 85 ވޯޓު
  2.  މުހައްމަދު އާޒިފު، ވަން އޮންލައިން، 85 ވޯޓު
  3.  މުހައްމަދު އަފްރާހް، ތިލަދުން 82 ވޯޓު
  4.  މޫސާ ރަޝީދު، މިހާރު އޮންލައިން 80 ވޯޓު
  5.  ހުސެއިން ޝަރީފު، ވަގުތު އޮންލައިން 75 ވޯޓު
  6.  އަހްމަދު މުސްތަފާ، ޕަބްލިކް ސަރވިސް މީޑިއާ 62 ވޯޓު
  7.  އަލީ ނިޝާން، އާފަތިސް އޮންލައިން 58 ވޯޓު

އާމުންގެ ތެރެއިން މީޑިއާ ކައުންސިލަށް އިންތިހާބުވި 6 ބޭފުޅުންނަކީ:

  1. އަރުމާރު ރަޝީދު، ރޯސްވިލާ، ސ.މީދޫ، 84 ވޯޓު.
  2. އަޙްމަދު ޞައްފާނު، މާކޯނި، ރ.ވާދޫ، 79 ވޯޓު.
  3. ފާތިމަތު ޝާޒުލީ، ހ.ޝީޝަމް، 77 ވޯޓު.
  4. އަޙްމަދު އަމީން މުޙައްމަދު، ރިހިދޯދި، ގދ.ފިޔޯރި، 54 ވޯޓު.
  5. މުޙައްމަދު ނަސީރު، ދަނބުގެ، ހދ.ވައިކަރުދޫ، 52 ވޯޓު.
  6. އަލީ ރަޝީދު އިބްރާހީމް، ކުންނާރުގަސްދޮށުގެ، ދ.ކުޑަހުވަދޫ، 48 ވޯޓު

މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބަކީ އެ ކައުންސިލްގެ މިހާރުގެ މެންބަރުންގެ ދައުރު މިހިނގާ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން މެންބަރުން އިތިހާބު ކުރުމަށްޓަކައި ބޭއްވި އިންތިހާބެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *