logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024
ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުޙައްމަދު. ފޮޓޯ:އެމްވީކްރައިސިސް

ނޮޅިވަރަމްގެ މަރު: މަރުވި އަންހެންމީހާގެ ފިރިމީހާ ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމްގައި މަރުވި އަންހެންމީހާގެ ފިރިމީހާ، ކުޅުދުއްފުށީގައި ހުއްޓާ ހައްޔަރުކޮށްފި އެވެ.

ނޮޅިވަރަމްގައި މިއަދު މަރުވެފައި އޮއްވާ ފެނުނު އަންހެމީހާ އޮތީ މަރާލާފައި ކަަމަށް އެރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާ އިރު އެމީހުން ތުުމަތުކުރަނީ އެ ޖަރީމާ ހިންގީ އޭނާގެ ފިރިމީހާ ކަމަށެވެ. އެހެން ނަމަވެސް އެ އަންހެންމީހާގެ މަރަކީ ގަތުލެއް ކަމަކަށް އަދި އެކަމުގައި މީހަކަށް ތުހުމަތުކުރާ ކަމެއް ނުވަތަ ނޫންކަމެއް ވެސް ފުލުހުން އަދި ނުބުނެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ނިޝާމާ މުހައްމަދު ، 28 އެވެ.

ފުލުހުން ބުނީ ނޮޅިވަރަމް ގައި މިއަދު މީހަކު މަރާލާފައިވާ ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން ދިޔަ އިރު އެތަނުގައި އޮތް އަންހެނަކު އެރަށު ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި އެތަނަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަަށް ޑޮކްޓަރުން މައުލޫމާތު ދިން ކަމަށެވެ. އެއީ 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކުޅުއްދުފުށިން "މިނިވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ އަންހެންމީހާގެ މަރާ ގުޅިގެން ތުހުަމަތުކުރަނީ އޭނާގެ ފިރިމީހާއަށެވެ. އެ ފިރިހެން މީހާ މިހާރު ހުރީ ކުޅުދުއްދުށީ ޕޮލިސް ސްޓޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަޔާ ގުޅިގެން އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލް ކޯޓްއަމުރެއްގެ ދަށުން ހައްޔަރުކޮއްފައިވާ ކަމަށެވެ.

ނޮޅިވަރަމްގައި މަރުވި އަންހެންމީހާގެ މަރަކީ ގަތުލެއް ކަމަށް އެރަށު މީހުން ތުހުމަތުކުރަނީ އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރުމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *