logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުޙައްމަދު. ފޮޓޯ:އެމްވީކްރައިސިސް

ނޮޅިވަރަމްގެ މަރު: ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ

ހދ. ނޮޅިވަރަމްގައި ގަތުލެއް ކަމަށް ބެލެވޭ ފަދަ އަލާމާތްތަކަކާއި އެކު މަރުވެފައި އޮއްވައި ފެނުނު، އެރަށު ހިތަށް ފިނިވާގޭ ނިޝާމާ މުހައްމަދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިޝާމާގެ ހަށިގަނޑު ކުޅުދުއްފުށްޓަށް ގެންގޮސްފައިވާ ކަމަށާއި އެ ހަށިގަނޑު މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން އަދި ނިޝާމާ މުހައްމަދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގުޓީމުން ވަނީ ނިންމާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ނިޝާމާގެ މަރަކީ ގަތުލެއް ކަމަށާއި އެ ޖަރީމާ ހިންގީ އޭނާގެ ފިރިމީހާ އދ. ފެންފުށީ ރޯޒީ ވިލާ އަބޫބަކުރު ފައިސަލް، 32،  ކަމަށް ނޮޅިވަރަމްގެ ބައެއް މީހުން ތުހުމަތުކުރެ އެވެ. އެއީ އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރުމުންނެވެ.

ފުލުހުން ބުނި ގޮތުގައި ކޯޓުއަމުރެއްގެ ދަށުން އޭނާ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ފައިސަލް ހައްޔަރުކުރީ ކުޅުދުއްފުށި ޕޮލިސްސްޓޭޝަނަށް އޭނާ އަމިއްލައަށް ދިއުމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *