logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ނިޝާމާގެ މަރު: ފައިސަލްގެ ބަންދަށް 15 ދުވަސް ޖަހައިފި

ހދ. ނޮޅިވަރަމުގައި މަރާލައިފައި އޮއްވައި ފެނުނު އެރަށު ހިތައްފިނިވާގޭ ނިޝާމާ މުހައްމަދު 28އ، މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯސީ ވިލާ، އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، ފައިސަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ..

ނިޝާމާގެ މަރުގެ ތުހުމަތުގައި އޭނާގެ ފިރިމީހާއަށް ހައްޔަރުކުރީ ކުޅުދުއްފުށި ޕޮލިސްސްޓޭޝަނަށް އޭނާ އަމިއްލައަށް ދިއުމުންނެވެ.

ޒަހަމްތަކަކާއެކު ނިޝާމާ މަރާލާފައިއޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިންނެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *