logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މިދިޔަ އަހަރު އެންމެ ގިނަ މަސްކިރުވީ މަޑަވެލީ ޓީއެސްލައިން ދޯނިން

2021 ވަނަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި އުޅަނދަކަށް ގދ. މަޑަވެލީ ޓީ.އެސް ލައިން ދޯނި ހޮވިއްޖެއެވެ.

މިކަން އިއުލާންކުރީ ފަރެސްމާތޮޑާގައި ބޭއްވި މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ވަނީ އެންމެ ގިނައިން މަސްކިރުވި ދޯނިފަހަރަށް ހަނދާނީ ފިލާ ދީފައެވެ.

" މަސްވެރިކަމުގެ ދާއިރާޔަށް ޒުވާނުން ޝައުގުވެރިކުރުވުމުގެ ގޮތުން ގިނަ ޕްރޮގްރާމެތަކެއް ދޯނީގެ ވެރިފަރާތުން ކުރައްވާކަން ފާހަގަކުރަން." މިދޯންޏާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓީއެސް ލައިން ދޯންޏަކީ އެއްދުވަހުން އެންމެ ގިނަ މަސް ބާނައިގެން މިދިޔަ މަހު ރިކޯޑް ހެދި ދޯންޏެކެވެ. މީގެ 16 އަހަރު ކުރިން ތިނަދޫ ރަސްމަގު ދޯނިން 53 ޓަނު ބާނައިގެން ހެދި ރިކޯޑް ޓީއެސްލައިން ދޯނިން މުގުރާލީ 57 ޓަނު ބާނައިގެންނެވެ. ނަމަވެސް މިމަހުގެ 3 ވަނަ ދުވަހު 59 ޓަނު މަސް ބާނައިގެން ފަރެސްމާތޮޑާ ބާހިރާ ދޯނިން ވަނީ ޓީއެސްލައިން ހެދި ރިކޯޑް މުގުރާލާފައެވެ.

މިދިޔަ އަހަރު 2 ވަނަ އަށް އެންމެ ގިނަ މަސް ކިރުވާފައިވަނީ ގދ މަޑަވެލީ ކަމަނަ ދޯންޏެވެ.

ފިޝަރީން މިނިސްޓްރީން ބުނީ ކަމަނަ ދޯންޏަކީ އެންމެ ގިނައިން މަސް ކިރުވި ދޯނިތަކުގެ ތެރޭގައި ހިމެނި މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުވެސް އިނާމު ހާސިލުކޮށްފައިވާ ދޯންޏެއް ކަމަށެވެ.

މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި ތިންވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވާ ފައިވަނީ ގއ. މާމެންދޫ ހުޝިޔާރު ދޯންޏެވެ.

ދޯނިފަހަރުގެ ވެރިންނާ ހަނދާނީ ފިލާ ހަވާލުކޮއްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *