logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ފަރެސްމާތޮޑާގައި މަސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ:ފިޝަރީޒް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވެދެއްވީ މަހަށް ރަނގަޅު އަގު ނުލިބޭ ގިނަ ސަބަބުތަކެއް!

ރާއްޖޭގެ މަސްވެރިން ބާނާ ކަނޑުމަހަށް ބައިނަލް އަގުވާމީ ބާޒާރުތަކުގައި ރަނގަޅު އަގު ނުލިބޭ ގިނަ ސަބަބުތަކެއް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ރޭ ހާމަކުރައްވައިފި އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ގދ. ފަރެސްމާތޮޑާގައި ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިންގެ ފޯރަމް ފަރެސްމާތޮޑާގައި ދެ ދުވަސް ބައިގެ މުއްދަަތަކަށް ކުރިއަށް ގެންދިޔަ އިރު "ދައްކަން ދަތި، އެހެން ނަމަވެސް ދައްކަން ޖެހޭ" އެތައް ވާހަކައެއް ސަރުކާރުގެ ފަރާތުން ދައްކާފައިވާނެ ކަަމަށެވެ. އެ ފޯރަމްގައި ދެއްކި އެއް ވާހަކައަކީ އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ އެވެ.

މަހަށް ހަމަ އަގު ނުލިބޭ ބައެއް ސަބަބުތައް

  • މަތީ އަގު ލިބޭ މާކެޓްތަކަށް ރާއްޖޭގެ މަސް ވިއްކަން ފުރުސަތު ކުޑަވުން
  • ބޭރުގެ ބާޒާރުތަކުގައި، ހާއްސަކޮށް މަތީ އަގު ލިބޭ ބާޒާރުތަކުގައި ރާއްޖޭގެ މަަހަށް ނަގާ ޑިއުޓީ ބޮޑުވުން
  • ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖޭން ބޭރަށް މަސް އުފުލުމުގެ އަގު (ފްރައިޓް) ބޮޑުވެފގައިވުން
  • ތެލުގެ އަގުބޮޑުވުމާއި މަސްވެރިކަމުގައި ތެޔޮ ބޭނުންކުރާ މިންވަރު އިތުރުވެ، މަސްވެރިކަމަށް ކުރަން ޖެހޭ ހަރަދުބޮޑުވުން
  • މަހުގެ ކޮލިޓީ އަދިވެސް ދަށްކަމުން ކޮލިޓީ ރަނގަޅުކުރަން ހާއްްސަ މަސައްކަތްތަކެއް ކުރަން ޖެހިފައި ވުން
  • ބާނާ މަހުގެ ބޮޑުބައެއް، މަތީ އަގު ލިބޭ އުފެއްދުންތަކަށް ބަދަލުނުކޮށް ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރަން ޖެހުން
  • ދެމެހެއްޓެނިވި ގޮތަކަށް ކުރާ މަސްވެރިކަމަކުން ބާނާ މަހަށް ވާތީ ރާއްޖޭގެ މަހަށް ލިބޭ ޕްރިމިއަމް ގެއްލުން.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ގޮތަކަށް ކުރާ މަސްވެރިކަމަކުން ބާނާ މަހަަށް ވާތީ ރާއްޖޭގެ މަހަށް މީގެ ކުރިން ލިބެމުން އައި ޕްރިމިއަމް ގެއްލެން މެދުވެރިވި މައިގަނޑު ސަބަބަކީ ބޮޑުދާ ޖަހައިގެން ކުރާ މަސްވެރިކަމަކީ ވެސް ދެމެހެއްޓެވި ގޮތަކަށް ކުރާ މަސްވެރިކަމުގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަން ފެށުމެވެ.

"ދެމެހެއްޓެނިވި ގޮތުގައި ދޮށިން ނުވަތަ އަތުނަނުގައި ބާނާ މަހަށް ލިބެމުން އައި ޕްރިމިއަމް އަގު ގެއްލެމުން ދިޔަކަން ވެސް ފާހަގަކުރެވުނު. މިކަން މިކުރިމަތި ވަނީ ބޮޑުދާ ޖަހައިގެން ކުރާ ޕާސެއިނަރު މަސްވެރިކަން ވެސް އެމްއެސްސީ ސެޓިފައިވެ، ދެމެހެއްޓެނިވި މަސްވެރިކަމުގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަމުން ދާން ފެށީމާ،" ހުސައިން ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަންތައްތައް މިހާރު އެގޮތަށް ހުންނާނީ އެހެން ގައުމުތަކުން ދުނިޔޭގެ ބާޒާރުތަކަށް މިހާރު ރާއްޖޭގެ މަހަށް ވުރެ ކުޑަ އަގުގައި މަސްވިއްކާ ކަަމަށެވެ. ރާއްޖޭގެ މަސްވެެރިކަން ކުރިއަރުވަން އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ މަތީ އަގު ލިބޭ ބާޒާރުތަކަށް ރާއްޖޭގެ މަސް ވިއްކޭނެ ގޮތެއް ނެތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *