logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރާއްޖެ ސަރަހައްދުގައި ވިލާތައް ހުރިގޮތް ދައްކައިދޭ ސެޓެލައިޓް ފޮޓޯއެއް. ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ވަނީ ވައިޓްއެލާޓް ނެރެފައި. ފޮޓޯ:މެޓްއޮފީސް

ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓްއެލާޓް

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވައިގަދަވެ، ކަނޑުވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން) މިއަދު ވައިޓް އެލާޓެއް ނެރެފި އެވެ.

މިއަދު މެންދުރުކުރި 11:00 އިން ފެށިގެން ހަވީރު 5:00 އަށް ވައިޓް އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.

މެޓް އޮފީހުން ނެރުނު އެލާޓްގައިވާ ގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަ ވާނެކަމަށް ލަފާކުރެވެ އެވެ.

މިދިޔަ ހަފުތާއެއްހާ ދުވަހު ވެސް ރާއްޖޭގެ މޫސުން އެހާ ރަނގަޅެއް ނޫނެވެ. ރެއާއި އިއްޔެ ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުނެވެ. ދެ މޫސުން ބެދޭ ދުވަސްވަރު ( ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ، އަދި އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ ދުވަސްވަރު) ރާއްޖޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަ ވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *