logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މިފްކޯއިން ލޮނުމެދު މަސްދަޅާއި ވަޅޯމަސް މަސްދަޅު ބާޒާރަށް ނެރެފި

މިފްކޯއިން އަލަށް ތައާރަފްކުރި ދެބާވަތެއްގެ މަސްދަޅު ބާޒާރަށް ނެެރެފި އެވެ.

އެކުންފުނިން މިފަހަރު ބާޒާރަށް ނެރުނީ ޒައިތޫނި ތެލާ އެކު ބަންދުކޮށްފައިވާ "ވަޅޯމަސްދަޅު އަދި ތެލާއި ލޮނުމެދު އަޅައިގެން ބަންދުކޮޮށްފައިވާ "ލޮނުމެދު މަސްދަޅެވެ.

މިފްކޯއިން އެ ދެބާވަތް ރަސްމީކޮށް ތައާރަފްކުރީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތެއްގެ ގޮތުގައި ގދ. ފަރެސްމާތޮޑާގައި ބޭއްވި "މަސްވެރިކަމުގެ އެކްސްޕޯ 2022″ ގަ އެވެ. އެ ދެބާވަތް ތައާރަފްކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މިފްކޯއިން ބުނިގޮތުގައި އަލަށް ތައާރަފްކުރި ދެބާވަތަކީ ހަލާކުނުވެ ގިނަ ދުވަހު ހުންނަ ގޮތަށް އަދި ވަގުތުން ބޭނުން ކޮށްލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ދެބާވަތެވެ.  އަލަށް ތައާރަފްކުރި ދެބާވަތުގެ ތެރެއިން ވަޅޯ މަސްދަޅަކީ މިފްކޯގެ އުފެއްދުންތަކުގެ ތެރެއިން "ސިްއްހަތަށް ފައިދާހުރި ބާވަތްތަކުގެ ކެޓަގަރީ" ގައި ހިމެނޭ ބާވަތެކެވެ. އެ މަސްދަޅަށް އަޅަނީ ތެލުގެ ތެރެއިން ސިއްހަތަށް އެންމެ ފައިދާހުރި އެއް ބާވަތް ކަމަށްވާ ޒައިތޫނި ތެލެވެ.

 

ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މަސްވެރިންގެ އެކްސްޕޯގައި މިފްކޯއިން ވަނީ އާންމުންނަށް މިދެމަސްދަޅުގެ ރަހަބަލާލުމުގެ ފުރުސަތު ދީފައެވެ. މިފްކޯއިން ބުނިގޮތުގައި މިހާރު އުފައްދާ ހުރިހާ މަސްދަޅެއްގެ ތެރެއިން އާންމުންގެ އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ލޮނުމެދު މަސްދަޅަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *