logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް ދަންޖެހިއްޖެ

ހދ. ނޮޅިވަރަމް ހިތަށްފިނިވާގޭ ނިޝާމާ މުޙައްމަދު، 28، މަރާލި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށި ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް, އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި ދަންޖެެހިފައި ހުއްޓާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ނިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފައިސަލް، ބަންދުކޮށްފައި ހުރި ތަނުގައި ދަންޖެހެން މަސައްކަތް ކުރަނިކޮށް މިރޭ 23:15 ހާއިރު ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.

އަދި އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް ދަންޖެހިފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އޭނާ ހުރީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ނިޝާނާގެ މަރުގެ މައްސަލައިގައި އޭނާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ މުއްދަތު ޖަހާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *