logo minivan

English

ހޮނިހިރު, 27 ޖުލައި 2024
އައްޑޫން އަތުލައިގަތް، ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ހަންތައް. ފޮޓޯ: ފުލުހުން

އައްޑޫގައި ކައްކާފައި ހުރި 15 ހަމުގެ ބަނގުރާ ފުލުހުން ހޯދައިފި

އައްޑޫ ހިތަދޫގެ ފަޅު ގެއެއްގެ ތެރޭގައި ބަނގުރާކައްކަން ހަދާފައި ހުރި އައްޑާއެއް ހޯދައި، އެތަނުގައި ހުރި 15 ހަން ބަނގުރަލާއި ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ބަނގުރާކަންކަން ބޭނުންކުރާ ތަކެއްޗާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 15 ހަން ހޯދީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެތަކެތި ހޯދީ ހިތަދޫގެ ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.

"…އެ ތަކެތި ހޯދާފައިވަނީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލުކުރަމުގެ ތެރޭގައި އެ ރަށު ފަޅުގެއެއްގެ ތެރެއިންނެވެ. އެގޮތުން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 15 ހަމާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދާފައިވެއެވެ،" ހިތަދޫން އަތުލައިގަތް ތަކެއްޗާ ބެހޭ ގޮތުން ފުލުހުންގެ ވެބްސައިޓްގައި އާއްމުކުރި މައުލޫމާތުގައި ބުންޏެވެ.

އެ މައުލޫމާތާ އެކު ފުލުހުން އާއްމުކުރި ފޮޓޯއިން ފެންނަ ގޮތުގައި ބަނގުރާަކަމަށް ބެލެވޭ އެއްޗިހި އަޅާފައި ހުރީ ރާއްޖެއަށް އާއްމުކޮށް ކާތެޔޮ އެތެރެކުރާ ވައްތަރުގެ ، 20 ލީޓަރުގެ 15 ހަމަށެވެ. އެހެންވީމާ އެއީ ޖުމްލަ 300 ލީޓަރު ކަމަށް ބެލެވެ އެވެ.

އެ މައްސަަލައިގެ ތުހުމަތަށް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރު އެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ތަހުގީގު އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *